
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނޮވެމްބަރު 3ގެ ޝަހީދުންނާއި އެ ހާދިސާގައި ދެއްކި އާދަޔާ ހިލާފު ހިތްވަރަށް ޝަރަފު ލިބިފައިވާ ބޭފުޅުންނަށް އާއިލާތަކަށް ދައުލަތުން އިނާޔަތެއް ދޭން ނިންމައިފިއެވެ. ޑިފެންސް މިނިސްޓްރީން މިއަދު ވިދާޅުވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާތަކަށާއި އެ ދުވަހު އާދަޔާ ހިލާފު ސާބިތުކަމާއި ހިތްވަރުގެ ސަބަބުން ޝަރަފުގެ ނިޝާން ލިބިފައިވާ ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދިނުމާ ގުޅޭ އުސޫލުތައް އެކުލަވާލައި މިހާރު ގެޒެޓްކޮށްފައިވާ ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރެއްވިއެވެ.
އުސޫލުގައިވާ ގޮތުން ޝަހީދުންގެ އާއިލާ ކަމަށް ބަލާނީ އެ ބޭފުޅެއްގެ މައިންބަފައިންނާއި އުފަން ދަރީންނާއި ހުވަފަތް އަނބިމީހާއެވެ. އެ އެންމެންނަށް ދުނިޔޭގައި ދިރިހުރިހާ ހިނދަކު ކޮން މީހަކަށް މަހަކު 9000 ރުފިޔާ ލިބޭނެ ކަމަށް އުސޫލުގައިވެއެވެ. އޭގެ އިތުރުން، ހުރަވީ ރަން މެޑަލް ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް 9000 ރުފިޔާ، ހުރަވީ ރިހި މެޑަލް ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް 8000 ރުފިޔާ އަދި ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ފަރާތްތަކަށް 6000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.
ނޮވެމްބަރު 3ގެ ބަތަލުންގެ އަގުވަޒަންކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަދި ގައުމީ ލޯތްބާއި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް މުހިންމު ކަމެއް ކަމުގައި ރައީސް ދެކެވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
