
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލާ ކުޅެވޭނެ މައިދާނެއް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ހަދައިފިއެވެ. ބައިބަލާ ކުޅޭ މައިދާން ހެދީ އުސްފަސްގަނޑު ސަރަހައްދުގައެވެ. ރައީސް ދެއްވި އިރުޝާދާ ގުޅިގެން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓްގެ މުވައްޒަފުން މި މަސައްކަތްކުރުމަށް ފެށީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ އެ މައިދާން ގާއިމުކޮށްފައެވެ.
މިއީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ކުރެވިގެން ދިޔަ މަސައްކަތެކެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، އަވަސް ޙައްލު ހޯއްދަވައި ދެއްވުމަށް ރެއާދުވާލު ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ. މި ސަރުކާރަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އުސްފަސްގަނޑުގައި ބައިބަލާ މައިދާނެއް ހެދިއިރު، މާފަންނު ސަހަރާގައި ހުރި ގަބުރުތަކެއް ނަގައި އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދި މައްސަލަ ބޮޑުވެ، މާލެ ސިޓީ ކައުންސިލަށް ވަނީ ބޮޑެތި ފާޑު ކިއުންތަކެއް އަމާޒުވެފައެވެ. އަދި ފާޑުކިއުން އަމާޒުވުމުން މާލޭ ސިޓީ ކައުންސިލުން ވަނީ އެ ތަން ނަގައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
