
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ފަސެންޖަރުންނަށް ގިނަ ފައިދާތަކެއް ލިބޭ “ޕްރިމިއަމް އިކޮނޮމީ” ކްލާހުގެ ޓިކެޓްތައް ވިއްކަން ފަށައިފިއެވެ. މޯލްޑިވިއަން އިން ވިއްކާ ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓްތައް އަގުތައް މިހާރު ލިބޭ އިކޮނޮމީ ކްލާހުގެ ޓިކެޓްތަކަަށް ވުރެ ބޮޑުވާނެއެވެ. މިގޮތުން ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓާއެކު ބެގެޖް އެލަވެންސް 25 ކިލޯއަށް އިތުރުވެގެން ދެއެވެ. އަދި ޓިކެޓް ނެގުމަށްފަހު، އެއް ފަހަރު ހިލޭ ދަތުރު ކުރާ ތާރީހު ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އެއާޕޯޓުންވެސް މި ފަސެންޖަރުންނަށް ރަނގަޅު ފެންވަރެއްގެ ހިދުމަތްތަކެއް ލިބިގެން ދާނެއެވެ.
އޭގެ ތެރޭގައި ޕްރިއޯރިޓީ ޗެކިންގ-ސާވިސް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އިފުރު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓުން ފުރާ ފަސެންޖަރުންނަށް ލޯންޖް ސާވިސްގެ އިތުރުން، ޕްރިއޯރިޓީ ބޯޑިންގ ހިދުމަތާއި، ދޫކޮށްލާ ލަގެޖް ފަސޭހައިން ނެގޭނެ ގޮތްވެސް ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ފަސެންޖަރުންނަށް ލިބިގެން ދާނެއެވެ. އަދި މަތިންދާބޯޓުގައި ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ފަސެންޖަރުންނަށް ހާއްސަ ސީޓްތަކެއް ހަމަޖައްސާފައިވާއިރު، ހިލޭ ސްނެކާއި ބުއިމެއް ލިބިގެން ދާނެއެވެ.
މޯލްޑިވިއަންގެ އެޕްލިކޭޝަން އަދި ވައިބާ ނެޓްވޯކް މެދުވެރިކޮށް ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓްތައް ބުކް ކުރެވޭނެއެވެ. މޯލްޑިވިއަން އިން ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ މަންޒިލަކަށް ދަތުރު ކުރަމުންދެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
