
ރާއްޖޭގައި ގާއިމް ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ތަކުގެ ސަސްޓެއިނަބަލް ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށް ބޯޑު އޮފް އިންވެސްޓުމެންޓުން ނިންމައިފިއެވެ. ބޯޑް އޮފް އިންވެސްޓްމެންޓުން އިއްޔެ ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ވަނީ އެކަން ހާމަކޮށްފައެވެ. އެ އިއުލާނުގައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭނެ ކަމަށެވެ. އެތަންތަނަކީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީ ކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެ އިއުލާނުގައި ވަނީ އެތަންތަނުގައި ފުރިހަމަވާންޖެހޭ ބައެއް ޝަރުތުތައް ވެެސް އާންމުކޮށްފައެވެ. އެ ގޮތުން އެ އިމާރާތްތަކުގައި ލަގްޒަރީ ވިލާ އަދި އާއިލާތަކަށް ހާއްސަ އެންމެ މަތީ ފަންތީގެ ގެތައް ހުންނަން ޖެހޭނެ ކަމަށް އޭގައިވެއެވެ. އެ ސަރަހައްދުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ތައުލީމު ނުވަތަ ހެލްތު ޓޫރިޒަމް ގައުމަކަށް ރާއްޖެ ވާނެ ފަދަ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހުންނަން ޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ ތަންތަނުގައި އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓާއި ހޮޓާ އަދި މެރީނާ ހުންނަން ޖެހޭނެ ކަމަށާއި މަދުވެގެން 60 އިންސައްތަ ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ ހަކަތަ އާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހުންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ، ތައުލީމީ އަދި ރެކްރިއޭޝަނަލް ވަސީލަތްތައް ގާއިމް ކުރަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
