
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، އިސްރާއީލާއި މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުގައި ބޮޑު ގަތުލުއާންމެއް ނުހިންގާ ތިބުމަށްފަހު، ރޭ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލާފައެވެ. އިސްރާއީލުން އާންމުންނަށް ވަރުގަދަ ހަމަލާތަކެއްދީފައިވާއިރު، އާންމުން ދިރިއުޅޭ ޓެންޓްތަކުގައި ވެސް ވަނީ އަލިފާން ރޯކޮށްލާފައެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް ތުއްތު ކުދިން ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މާތްވެގެންވާ ރަމަޟާން މަހުގައި ދިން އެ ހަމަލާއަކީ ސުލްހައިގެ އެއްބަސްވުމާއި ބައިނަލްއަގްވާނީ އިންސާނީ ހައްގުތަކާއި އިންސާނީ ޤާނުނުތަކާއި މުޅިން ހިލާފުކަމެއް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިސްރާއީލްގެ ހަމަލާއާއި ގުޅިގެން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަގުތުން ވަގުތަށް އަވަސް ފިޔަވަޅުތަކެއް އަޅައި އިސްރާއީލް ޒިންމާދާރު ކުރުވުމަށް ގޮވާލާފައެވެ. ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އޭގެ ވެރިރަށް ކަމުގައި ބަލައިގެން، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނު ރައްޔިތުންނަށް ލިބިދޭ ހައްގުތަކަށް ފުރިހަމަ ތާއީދުކުރާ ކަމަށެވެ. އަދި މި ކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
