
(ފޮޓޯ ކްރެޑިޓްސް: ޖައިޝަންކަރު)
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލުކުރައްވައިފިއެވެ. ޖައިޝަންކަރު، ހަލީލު މި ބައްދަލުކުރެއްވީ، އިންޑިއާގައި ކުރިއަށްދާ ރައިސީނާ ޑައިލޮގުގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްލީގައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގައި ތަރައްގީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ދެ ބޭފުޅުން ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތާއި ތަރައްގީގެ ރޮނގުން އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
Glad to meet FM @abkhaleel of Maldives in New Delhi today.
Reviewed the progress of our bilateral cooperation.
🇮🇳 🇲🇻 pic.twitter.com/survINxkkH
— Dr. S. Jaishankar (@DrSJaishankar) March 18, 2025
މިއީ މިނިސްޓަރު ޚަލީލް، ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފަހުގައި އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހާރިޖީ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރް މާލީ ވަޒީރަކަށް އައްޔަން ކުރައްވައި، ސިއްހީ ވަޒީރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ޚަލީލް، ހާރިޖީ ވަޒީރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.
ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިނިސްޓަރު ހަލީލް އެންމެ ފުރަތަމަ ބައްދަލުކުރެއްވީވެސް އިންޑިއާ ސަފީރަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
