
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ގެދޮރު އަޅައި ގެދޮރު މަރާމާތު ކުރަން އެހީތެރިވެދޭ “ހިޔާވެހި ފައިނޭންސް ސްކީމް” އަށް އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ “ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް” ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ފައިނޭންސިން ފެސިލިޓީތަކަށް އެދުމަށްޓަކައި “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައި ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
“ހިޔާވަހި ފައިނޭންސް ސްކީމް” ގައި ތިން ކެޓަގަރީއެއް ހިމެނޭއިރު، “ހިޔާވަހި ފައިނޭންސް ސްކީމް” ގައި ތިން ކެޓަގަރީއެއް ހިމެނޭއިރު، ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް މިލިއަން ރުފިޔާގެ ލޯން ސްކީމަކާއި މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާ އަދި އާބަން ސަރަހައްދުތަކަށް ތިން މިލިއަން ރުފިޔާގެ ލޯން މި ސްކީމްގެ ދަށުން ކަނޑައަޅާފައިވެއެވެ. ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ޝަރީޢާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި “ނޮމިނަލް ކޮންޓްރިބިޔުޝަން” އެއް ދައްކަން ޖެހޭނެއެވެ.
އަތޮޅު ތެރެއަށް ހާއްސަ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް އެޗްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ އިރު، މި ލޯނުގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. މާލެ އަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެ ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އާބަން ސެންޓަރުތަކާއި މާލެއަށް ހާއްސަކޮށްދޭ ލޯނުތައް ދޫކުރާނީ ބީއެމްއެލް އަދި އިސްލާމިކް ބޭންކުންނެވެ. އަތޮޅުތެރޭގެ އެހެން ރަށްތަކަށް ލޯން ދޫކުރާނީ އެޗްޑީއެފްސީންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
