
މިއަހަރުގެ ތެރޭގައި 10 ކައުންސިލެއްގެ އައު އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ސިޓީތަކާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ހާލަތު ދަށްކޮށް ހުރި 55 ކައުންސިލެއްގެ އިމާރާތް ހެދުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ މިއަހަރުގެ ޖެނުއަރީ މަހު ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ.
މި އިމާރާތްތަކާ ބެހޭ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވިދާޅުވީ އެ އިމާރާތްތަކުގެ ސިވިލް ވާރކް މަސައްކަތްތައް ކުރުމަށްޓަކައި ސްކޯޕް ކަނޑައަޅައި، އެކަމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިޔު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރގެ ފަރާތުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މަޝްރޫއުގެ ސިވިލް ވާރކް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް އިޢުލާންކުރުމަށް ފަހު ކަމަށާއި ސިވިލް ވާރކް މަސައްކަތް ޙަވާލުކުރުމުގައި އެ ރަށެއްގެ ގްރޫޕްތަކަށް އިސްކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އަހުމަދު ރަޝީދު ވިދާޅުވީ 3 އަހަރު ދުވަހުތެރޭ ނިންމާ ގޮތަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމޭއިރު، އެ އިދާރާއަށް ބޭނުންވާ ފަރުނީޗަރާއި، އެހެނިހެން ސާމާނު މި މަޝްރޫއުގެތެރޭން ހަމަޖެހިގެން ދާނެކަމަށެވެ. އަދި މި އަހަރުތެރޭ 10 ކައުންސިލް އިދާރާއެއްގެ މަސައްކަތް، ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ކައުންސިލްތަކުގެ އައު އިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް 13 ކައުންސިލް އިދާރާއެއްގެ ބިންގާ ވަނީ އަޅައިފައެވެ.
ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ބިންގާ އަޅާފައިވާ ރަށްތައް
ހއ. އުލިގަން
ހއ. މާރަންދޫ
ހއ. ތަކަންދޫ
ހއ. އުތީމު
ހއ. ފިއްލަދޫ
ހއ. މުރައިދޫ
ރ. މާކުރަތު
ރ. ފައިނު
ރ. ކިނޮޅަސް
ރ. އިންނަމާދޫ
ރ. ރަސްމާދޫ
ރ. މަޑުއްވަރި
ދ. ރިނބުދޫ
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
