
ޕާކިސްތާނުގެ އަސްކަރީ މަނަވަރު، “ޕީއެންއެސް އަސްލަޓް” އާއި ކޯސްޓް ގާޑް ގުޅިގެން ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ތަމްރީނުތަކެއް ކުރިއަށްގެންގޮސްފިއެވެ. ޕީއެންއެސް އަސްލަޓް ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މަނަވަރު ރާއްޖެ އައުމުން މަރުހަބާ ވިދާޅުވީ ޕާކިސްތާނުގެ ޑިފެންސް އެޑްވައިޒަރު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުންނެވެ. މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ޕާކިސްތާނުގެ މަނަވަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެ މުއްދަތުގައި އެ މަނަވަރުގެ ކޮމާންޑިން އޮފިސަރު ކެޕްޓަން މުޙައްމަދު އަޒްހަރު އަކްރަމް ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ރިޓަޔަރޑް ފައިސަލް ރަސުލް ލޯދީއާއި ޗީފް އޮފް ޑިފެންސް ފޯސް މެޖަރ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ކޯސްޓްގާޑުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އަދި ޕާކިސްތާނުގެ އަސްކަރީ މަނަވަރުގައި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ދައުލަތުގެ އިސްބައެއް ފަރާތްތަކަށް ޚާއްސަކޮށްގެންވަނީ ރޯދަ ވީއްލުމެއްވެސް ބާއްވާފައެވެ. މި ރޯދަ ވީއްލުމުގައި ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ މިޝަންތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާން މަނަވަރުގެ މި ޒިޔާރަތުގައި ރާއްޖޭގެ ކޯސްޓް ގާޑާއެކު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ތަމްރީންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
