
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ކޮއްކޮއަށް އެމްޓީސީސީގެ ވަޒީފާއެއް ދީ، ކުރިއެރުން ދިން ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އޭނާގެ ފިރިކަލުން ޢަބްދުالله ޢާޠިފް ޢަލީ މިއަދު ބަޔާނެއް ނެރުއްވައިފިއެވެ. ޢާޠިފް ވިދާޅުވީ އޭނާގެ އަނބިކަނބަލުން އެމްޓީސީސީގައި މަސައްކަތް ކުރަން ފަށާފައިވަނީ އަމިއްލަ މަސައްކަތުން ކަމަށާއި، އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ނޫން ކަމަށެވެ. އަދި މާސްޓާސް ޑިގްރީ ހާސިލުކުރީ ވެސް އަމިއްލައަށް ހޯދި ފައިސާއިން ކަމަށް ވިދާޅުވިއެވެ.
“ރައީސްގެ އަނބިކަނބަލުން ވެލިފުކެއްގެ މިންވަރަށް ވެސް އެމްޓީސީސީގެ ވެރިޔާއަށް ނުފޫޒުފޯރުވާފައެއް ނޯންނާނެ. އަދި އަންހެނުން ދުވަހަކު ވެސް ރައީސްގެ ކިބައިން އެފަދަކަމަކަށް އެދިފައެއް ވެސް ނޯންނާނެ، އޭނާ ހޯދި މަޤާމެއް ހޯދީ އަމިއްލައަށް ކުރި ބުރަ މިންނެތް މަސައްކަތުން. މިކަމަށް ހަމަ ޔަޤީނުން ވެސް ހެކިވާނެ މީހުން ޚުދު އެމްޑީޕީގެ އެންމެ އިސް ސަފުގައި ތިއްބެވި ވެރިންނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އޭގެ ތެރެއިން އެއްބޭފުޅަކީ ކުރީގެ އެމްޓީސީސީގެ ސީއީއޯ އަދި މިހާރު މާލެސިޓީގެ މޭޔަރު އާދަމް އާޒިމް،” ޢާޠިފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މެނޭޖަރ ލެވެލްއަށް ޕްރޮމޯޝަން ދެއްވީ ވެސް މަސައްކަތުގެ ހުނަރާއި ތަޢުލީމަށް ރިޢާޔަތްކޮށް ކަމަށެވެ. ޢާޠިފް ވިދާޅުވީ މި ވާހަކަތައް ފަތުރަނީ ސިޔާސީ ބޭނުމަށް ޓަކައި ކަމަށާއި، މިއީ އެއް ޢާއިލާއެއްގެ ކުދިބޮޑު އެންމެންގެ އަބުރާއި ކަރާމާތަށް އަރައިގަތުން ކަމަށެވެ.
“މާތް الله ގަންދީ ބުނަމެވެ. އަހަރެންގެ ހިތްވަރުގަދަ އަންހެނުންނާއި މެދު ހަސަން ކުރުސީއޭ ކިޔުނު ދައްޖާލު އެފެތުރީ ހަމަ ހުސް ރޯ ބުހުތާނު ދޮގު ވާހަކަތަކެކެވެ,” ޢާޠިފް ވިދާޅުވިއެވެ.
އޭނާގެ އަނބިކަނބަލުންގެ މުސާރައާ ގުޅޭގޮތުން ދިޔަވަރު ނޫހުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތަކީ ވެސް ދޮގު މަޢުލޫމާތު ކަމަށް ޢާޠިފް ވިދާޅުވިއެވެ. މިއީ ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
