
ޣައްޒާ ނިސްބަތްވަނީ ފަލަސްތީނަށްކަމަށާ، ޗައިނާ އަބަދުވެސް ތާއީދުކުރާނީ ދުނިޔޭގައި ސުލްހަ ޤާއިމްކުރުމަށްކަމަށްއެ އެޤައުމުގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، 14 ވަނަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވަނީ ފަލަސްތީނާއި އެއްކޮށް ޗައިނާ އޮތްކަން ހާމަކުރައްވާފައެވެ. ވޮންގ ޔީ ވިދާޅުވީ، ޣައްޒާ ނިސްބަތްވަނީ ފަލަސްތީނަށްކަމަށެވެ. އެއީ ފަލަސްތީނުން ވަކި ނުކުރެވޭނެ އެ ޤައުމުގެ ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ޣައްޒާގެ ރަށްވެރިކަން ގަދަބާރުން ބަދަލުކުރުމަކީ ދުނިޔެއަށް ސުލްހަ މަސަލަސްކަން ލިބޭނެކަމެއްނޫންކަން ފާހަގަކުރައްވައި ވޮންގ ޔީ ވިދާޅުވީ މީގެ ސަބަބުން އިތުރަށް ހަމަނުޖެހުންތައް އުފެދިގެންދާނެކަމަށެވެ. ޣައްޒާގައި ސުލްހަ ޤާއިމްކުރުމަށް މިސްރާއި އަރަބި އެހެން ޤައުމުތަކުން ގެންގުޅޭ ސިޔާސަތުތަކަށް ޗައިނާއިން ތާއީދުކުރާކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ވޮންގ ޔީ ވަނީ ދުނިޔޭގެ ބޮޑެތި އެހެން ޤައުމުތަކަށްވެސް މިކަމުގައި ފަލަސްތީނާއި އެއްކޮޅަށް ވަކާލާތުކުރުމަށް ގޮވާލާފައެވެ.
ދާދިފަހުން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ދެއްވި ތަޤްރީރުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުވެސް ވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވައި ވާހަކަދައްކަވާފައެވެ. އަދި މި މައްސަލައިގައި ރާއްޖެއިން ދަނީ ޣައްޒާއާއި ފަލަސްޠީނުގެ ދިފާއުގައި އަޑުހަރުކޮށް ވަކާލާތުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
