
އިންޑިޔާއާއެކު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް ރާއްޖޭގެ ގައުމީ ޓީމު ޝިލޮންގަށް ހިނގައްޖެ އެވެ. އިންޑިޔާގެ އިރު އުތުރުގައިވާ ޝޮލޮންގްގެ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅޭ މެޗަށް އިންޑިޔާގެ ގައުމީ ޓީމު ވެސް މިހާރު ވަނީ ޝިލޮންގަށް ގޮސްފަ އެވެ. އަންގާރަ ދުވަހު ކުޅޭ މި މެޗަށް ރާއްޖޭގެ ޓީމަށް ޝިލޮންގަށް ދެވުނީ އިއްޔެގެ ވަގުތެއްގަ އެވެ. ރާއްޖޭގެ ޓީމަށް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ޝިލޮންގް ނިސްބަތްވަ މަގަލާޔާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސާއި އެ ސިޓީގެ އިސްވެރިންނެވެ.
މިއީ ފީފާ މިންގަނޑަށް ފެތިގެން ޝިލޮންގްގައި ކުޅޭ ފުރަތަމަ މެޗެވެ. މިހެންވެ މި މެޗަށް މަގަޔާލާ ފުޓްބޯޅަ އެސޯސިއޭޝަނުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ރާއްޖެ މެޗަށް ފަހު މި ދަނޑުގައި އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާ އާއި ބަނގްލަދޭޝް ވެސް ވާދަކުރާނެ އެވެ. ރާއްޖޭގެ ޓީމު ތިބެނީ ޝިލޮންގެ ކިންލައިލަޑްގެ ވިވަންޑާ ހޮޓަލުގަ އެވެ. ދިވެހި ޓީމަށް ރަސްމީކޮށް މަރުޙަބާ ކިއުން އޮތީ ވެސް މި ހޮޓަލުގަ އެވެ. މި މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންޑިޔާގެ ތަޖުރިބާކާރު ޑިފެންޑަރު އުމުރުން 31 އަހަރުގެ ސަންޑޭޝް ޖިންގަން ބުނީ ރާއްޖޭގެ އިތުރުން އޭޝިއަން ކަޕް ކޮލިފައިންގައި ބަނގްލަދޭޝް ވެސް ބަލިކުރަން ބޭނުންވަނީ ގޯލެއް ވަނަނުދީ ކަމަށެވެ.
“އަހަރުމެންގެ މައިގަނޑު އަމާޒަކީ ބަނގްލަދޭޝް މެޗު ކާމިޔާބު ކުރުން. އެއީ އޭޝިއަން ކަޕް ކޮލިފައިންގެ ފެށުން ރަނގަޅު ކުރުމަށްޓަކައި. އަހަރެންނަށް ހީވަނީ އަހަރުމެން ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނަކީ ރާއްޖެ އާއި ބަނގްލަދޭޝް ބަލިކުރަން ވެސް އެހީތެރިވެދޭނެ ކަމެއްހެން. އަހަރުމެންގެ އަމާޒަކީ މި ދެ މެޗުގައި ވެސް ގޯލެއް ވަނަ ނުދީ މޮޅުވުން. ރާއްޖެ މެޗަކީ ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ތައްޔާރުވާން ލިބޭ ވަރަށް ބޯޑު އެހީއަކަށްވާނެ،” އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ރަސްމީ އިންޓަވިއުއެއްގައި ޖިންގަން ބުންޏެވެ.
މި މެޗަކީ އިންޑިޔާގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކުރީގެ ކެޕްޓަން ސުނިލް ޗެތްރީ ރިޓަޔާމަންޓް އުވާލައި އަލުން ކުޅެން ނުކުންނަ ފުރަތަމަ މެޗެވެ. ސާކް ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ އުމުރުން 40 އަހަރުގައި އަލުން ކުޅެން ނުކުތީ ކުލަބު ލެވެލްގައި އޭނާ ދައްކާ ކުޅުން ރަނގަޅުވުމުން އިންޑިޔާ ކޯޗާއި ފެޑަރޭޝަނުގެ އެދުމުގެ މަތީންނެވެ.
އިންޑިޔާ މެޗަށް ފަހު ރާއްޖެ ވާދަކުރާނީ މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ އެވެ. މި މެޗު ކުޅޭނީ ފިލިޕީންސްގަ އެވެ. މި މެޗަށް ރާއްޖެ ދަތުރު ކުރާނީ ޝިލޮންގުން އެނބުރި ރާއްޖެ އައުމަށްފަހު އެވެ. ރާއްޖެ ކުރިން މަސައްކަތް ކުރީ އިންޑިޔާއިން ސީދާ ފިލިޕީންސަށް ދިއުމަށެވެ. ޝިލޮންގެ ދަތުރު ފަތުރުގެ ކަންކަން ދަތިކަމުން ފިލިޕީންސަށް ދިއުން ފަސޭހަ ކުރުމަށް އިންޑިޔާގެ އެހެން ސިޓީއެއްގައި މެޗު ކުޅެން ވެސް ރާއްޖެ ހުށަހެޅި އެވެ. ނަމަވެސް އިންޑިޔާއިން ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހެނީ ޝިލޮންގައި ކަމަށްވުމުން އެ ގައުމުން ޝެޑިއުލް ބަދަލު ކުރަން ބޭނުންނުވީ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
