
އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ޗެމްޕިއަންކަން ނިއުކާސަލް ޔުނައިޓެޑް އިން ހޯދާ 70 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ މުބާރާތެއް ކާމިޔާބުކޮށްފި އެވެ. ނިއުކާސަލް އިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި އަށްޑިހަ އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މިމެޗު ކާމިޔާބުކޮށް ނިއުކާސަލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު އެ ޓީމަށް އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 1979 ވަނަ އަހަރު އެވެ.
ނިއުކާސަލްގެ ޑޭން ބާރން ވަނީ މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރަކުން ބާރން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އުމުރުން 32 އަހަރު ޑިފެންޑަރު މި ލަނޑު ޖެހިއިރު މި ހަފްތާގައި އިނގިރޭސިވިލާތުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އޭނާ އިނގިރޭސި ގައުމީ ޓީމަށް ނަގާފަ އެވެ. އެހެންކަމުން މިއީ ބާރންއަށް ހަނދާނުން ފޮހެލަން އުނދަގޫ ހަފްތާއެކެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މުބާރާތް ނިއުކާސަލް އަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ކިއޭސާ އެވެ. ނިއުކާސަލް އިން މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުތަކުގައި އެ ޓީމު ވަނީ ހަތް ފަހަރު ބަލިވެފަ އެވެ. މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން އައި ލިވަޕޫލް ފައިނަލް މެޗުން ބަލިވެފައިވާއިރު މިދިޔަ ހަފްތާގައި އެ ޓީމު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުން ކަޓާފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
