
ޔުކްރެއިންގެ މައްސަލައިގައި ކުރިއަށް އޮތް ފިޔަވަޅުތަކާ ގުޅޭގޮތުން އެމެރިކާއާއި ރަޝިއާއިން މަޝްވަރާކޮށްފިއެވެ. އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޮވް ވަނީ ހޮނިހިރު ދުވަހު ފޯނުން ވާހަކަދައްކައި، ޔުކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ނިންމުމާ ގުޅޭ މަޝްވަރާތަކުގެ ދެން އޮތް މަރުހަލާއާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވި ގޮތުގައި މި ދެ އިސް ޑިޕްލޮމެޓުން އެމެރިކާއާއި ރަޝިޔާއާ ދެމެދު ރަސްމީ މުވާސަލާތު އަލުން ގާއިމުކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދާ އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގެ ދެން އޮތް ބުރު ފެށޭނެ ތާރީޚެއްގެ މަޢުލޫމާތު މި ބަޔާނުގައި ހިމަނާފައެއް ނުވެއެވެ. ރޫބިއޯ ވަނީ މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ވެސް ލަވްރޮވްއަށް ދެއްވާފައެވެ. މީގެ ތެރޭގައި ހޮނިހިރު ދުވަހު އެމެރިކާގެ ބާރުތަކުން ޔަމަނުގެ ހޫތީންނަށް އަމާޒުކޮށްގެން ދިން ހަމަލާތައް ހިމެނެއެވެ. ނަމަވެސް، ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިން އަދި އެއްވެސް ވަރަކަށް ހަނގުރާމަ ހުއްޓުމަކަށް އެއްބަސްވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމެރިކާއިން ޔުކްރެއިންއާއެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަމަށްވުރެ އިތުރު ޝަރުޠުތަކެއް ޕުޓިން ވަނީ ކަނޑައަޅުއްވާފައެވެ.
މި މަޝްވަރާތަކަކީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ބެލެވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްވަރާތަކުން ނުކުންނާނެ ނަތީޖާއަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލަމުންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
