
(ފޮޓޯ ކްރެޑިޓްސް: މިފްކޯ)
މިފްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީ ދިނުމަށް އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު، އައިއެސްޑީބީއިން ނިންމައިފިއެވެ. މިފްކޯއިން ހުށަހަޅާފައިވަނީ 64.64 މިލިޔަން ޑޮލަރު، ނުވަތަ 996 މިލިޔަން ރުފިޔާގެ ލޯނަކަށެވެ. މި ލޯނު ރާއްޖެއަށް ދިނުމަށް ނިންމާ، އައިއސްޑީބީއިން ވަނީ އެކަމާއި ގުޅޭ އެއްބަސްވުމުގައި މާލީ ވުޒާރާއާއެކު ސޮއިކޮށްފައެވެ. މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންތަނިންގ ޕްރޮޖެކްޓުގެ ދަށުން 7 މަސައްކަތެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެގޮތުން އިހަވަންދޫ އަދި އައްޑޫ ފިޝަރީޒް ކޮމެޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑު ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓި ޤާއިމްކުރުމާއި، ހުޅުމާލޭގައި މަސް ބަންދުކުރާ ކާރުޙާނާއެއް ތަރައްޤީކުރުން ހިމެނެއެވެ.
އަދި މިފްކޯގެ ސްޓާފުންނަށް ޓްރެއިނިންގ ޕްރޮގްރާމުތައް ހިންގުމާއި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމަށް ބަދަލުތައް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. މިފްކޯއިން މިހާރު ވަނީ މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެގޮތުން ބީލަމަށް ހުޅުވާލާފައިވަނީ އައިއެސްބީޑީގެ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގ އުސޫލުގެ ދަށުންނެވެ.

(ފޮޓޯ ކްރެޑިޓްސް: މިފްކޯ)
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްތަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއިން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރުތެރޭ ކުރިއަށްދާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ގދ. ފިޔޯރީގައި މަސްކާރުހާނާއެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކޮށް، 2 މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަސައްކަތުގެ ދަށުން މަސްކިރާ ކާރުހާނާގައިި 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖްއެއް ތަރައްޤީކުރާނެއެވެ. އަދި 100 ޓަނުގެ ފިޝް މީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ކާރުހާނާގައި ހުންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4000 ޓަން އިތުރުކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8500 ޓަނެވެ. ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވަޢުދަކީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމެވެ. އަދި މިހާރުގެ އަމާޒަކީ 3 ގުނަކޮށް ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު މީގެކުރިންވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
