
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ރޯދަމަހުގެ ފުރަތަމަ 7 ދުވަހާއި އަޅާބަލާއިރު، މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ސްޓޭލްކޯއިން ވިދާޅުވީ، މި ރޯދަމަހުގެ ފުރަތަމަ 7 ދުވަހާއި އަޅާބަލާއިރު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވަމުންދާކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޯދަ މަހުގެ ފުރަތަމަ 7 ދުވަހާއި ގާތްގަނޑަކަށް އެއް މިންވަރަކަށް މިދިޔަ 7 ދުވަހުވެސް ކަރަންޓު ބޭނުން ކޮށްފައިވާކަން ސްޓެލްކޯއިން ފާހަގަކުރައްވައެވެ.
ފުރަތަމަ ހަތް ދުވަހެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް އެއްގަޑިތަކެއްގައި ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު މަތިވެފައިވާކަމަށާއި، މި ދުވަސްތަކުގައި ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ފުރަތަމަ ހަތް ދުވަހާއި އަޅާބަލާއިރު އިތުރު ވަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ރޯދަ މަހުގެ 8 ން 14 އަށް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކޮށްފައިވާ ގޮތަށްބަލާއިރު، ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހާއި ގާތްގަނޑަކަށް އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވޭ. އެގޮތުން ފުރަތަމަ ހަތް ދުވަހެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް… pic.twitter.com/boTP2nXm9a
— STELCO (@STELCOMALDIVES) March 15, 2025
ޕީކް ސީޒަނާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށް، ހުޅުމާލޭގައި ޤާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝަރުމީޒު ވިދާޅުވީ، މިއަހަރުގެ ޕީކްސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއްކަން ކޮށްފައިވާކަމަށެވެ.
“މިދިޔަ އަހަރު އަޅުގަނޑުމެން ޕީކް އަށް ތައްޔާރުވުމަށްޓަކައި އިންޖީނުތައް އޯޑަރުކުރުމާއި، ޓެކްނިކަލް ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް އަޅުގަނޑުމެން ނިންމާލައިފިން. މިދިޔަ ޖެނުއަރީމަހުގެ 14 ވަނަ އެންމެ ފުރަތަމަ ޝިޕްމަންޓް އެއީ 4 އިންޖީނު ހުޅުމާލެއަށް ގެނެސް ހުޅުމާލޭ މަގުމަތީގަ ބެހެއްޓީ އޭރުގަ އިންޖީނުތައް ބަހައްޓަން ބިން ހަމަޖެހިފައިނުވާތީ، އޭގެ އެއްމަސްފަހުން އަނެއް 4 އިންޖީނުގެނެސް މަގުމަތީގަ ބެހެއްޓީ”. ޝަރުމީޒު ވިދާޅުވިއެވެ. ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެއްވެސް އިތުރުވާނެކަމަށް ލަފާކޮށް، ކަރަންޓު އިޤްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ރައްޔިތުންނަށް ލުއިފަސޭހަަކޮށްދެއްވުމަށް، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން %10 ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަމަށް 160 މިލިޔަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
