
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ދަރީންގެ ހައްޤުތަކަށް އަރައިގަތުމުން ބަޔަކާއި ދެކޮޅަށް މަދަނީ ދަޢުވާތަކެއް ކުރެއްވުމަށް ނިންމެވީ މަންމައެއްގެ ހައިސިއްޔަތުން ދަރިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވާ ފިޔަވަޅެއްގެ ގޮތުންކަަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި މިކަން ހާމަކުރައްވާފައި މިވަނީ އިދިކޮޅު އެމްޑީޕީގެ ވެރިންނާއި އެ ޕާޓީގެ އިސް އެކްޓިިވިސްޓުންތަކެއް ރައީސުލްޖުމްހޫރިއްޔާގެ ބޭފުޅުންނަށް ނަފްރަތު އުފެދޭގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަަވަމުން ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން ވާހަކަދެއްކެވި ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ، ޤާނޫނުއަސާސީގެ ދަށުން ކުޑަކުދިންނަށް ލިބިގެންވާ ހަޢްޤުތަކެއް ހުންނަކަމަށާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ އިތުރުން، ހަށިގަނޑާއި ނަފްސު ރައްކާތެރިކުރުމަކީވެސް ކުދިންނަށް ލިބިގެންވާ ހައްުގުތަކެއްކަމަށެވެ.
“ކުޑަކުދިންގެ ކަރާމާތަކީ ނަގާލެވިގެންވާނެ ކަރާމާތެއް ނޫން. ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ދަށުންވެސް ވަނީ ހައްގުތަކެއް ރައްކާތެރިކުރެވިފައި، އަދި އެ ކަންކަމާއި ހިލާފުވާ ފަރާތްތަކަށް ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ” އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ރައީސްގެ ބޭފުޅުންނަށް ފުރައްސާރަކޮށް، ނަފްރަތު އުފެއްދުމަށް އަދިވެސް ބަޔަކު މަސައްކަތްކުރަމުންދާކަމަށާއި، އެގޮތުން އެންމެ ތުއްޕުޅު ބޭފުޅުންގެ ފޮޓޯ އާއްމުކޮށްގެން ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މީގެކުރިން އާއިލާއަށް ފުރައްސާރަކޮށް އެތައް ވާހަކަތަކެއް ދެއްކިނަމަވެސް ފިޔަވަޅު އަޅުއްވާފައި ނުވާނެކަމަށާއި، ނަމަވެސް މިހާރު ހިނގަމުންދާ ކަންކަމާއެކު މަންމައެއްގެ ހައިސިއްޔަތުން ދަރިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަންޖެހޭ ފިިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ނެރުއްވި ބަޔާނުގައިވެއެވެ.
“މަންމައެއްގެ ހައިސިއްޔަތުން އަޅުގަނޑު ފިޔަވަޅުތަކެއް އަޅަން ގަސްތުކޮށްފީމެވެ. އެއީ ތީގެން ކޮންމެ ބޭފުޅެއްފަދައިން އެންމެ ފުރަތަމަ އަދި އެންމެ އިސް ވާޖިބަކީ އަޅުގަނޑުގެ ދަރިންކަމުގައިވީތީ. ހަމައެއާއެކު އެކުދިންގެ ރައްކާތެރިކަމާއި މުސްތަޤްބަލު ރައްކާތެރިކުރުމަކީ އެކުދިންގެ ބައްޕައާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީ” އާޒިމާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބޭފުޅުންނަށް ނަފްރަތު އުފެދޭގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ފަތުރާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މުހައްމަދު ނަސީމްގެ މަންމާފުޅު މަރިޔަމް ޒުބައިރު، މަންދީއެވެ. އޭނާ އެ ވާހަކަތައް އަޑުގަދަކުރާއެއް ބޭނުންކޮށްްގެން ދައްކާފައިވަނީ ރޯދަމަހާއި ގުޅުވައިގެން ކުރިއަށްދިޔަ ގުރުއާން ކިޔެވުމުގެ ހަރަކާތެއް ކުރިއަށްދިޔަ ހޯލެއްގައި ބޭރުގައި ހުރެގެނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތުއްޕުޅު ބޭފުޅުންނާއި ގުޅޭގޮތުން މަންދީ ދެއްކި ވާހަކަތަކާއި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އަދި މިނިވަން މުއައްސަސާތަކުން އެކަން ކުއްވެރިކުރައްވާފައި ވަނިކޮށް އިދިކޮޅު އެމްޑީޕީން ވަނީ އެކަން ކުއްވެރިކުރުމުގެ ބަދަލުގައި، ކުޑަކުދިންތަކަކަށް ނަފްރަތު އުފެދޭގޮތަށް ދެއްކި ވާހަކަތައް ދިފާޢުކޮށް ނޫސް ބަޔާނެއް ނެރެފައެވެ. މަންދީގެ ދަށު ދަރަޖައިގެ އަމަލުތައް ދިފާޢުކުރުމުގެ އިތުރުން، އެމްޑީޕީގެ އިސްވެރިންވެސް ވަނީ އެކަން ދިފާޢުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ.
ކުޑަކުދިންތަކެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެމްޑީޕީގެ އިސްވެރިންތަކެއް ވާހަކަދައްކާފައިވާއިރު، މީގެކުރިންވެސް އެމްޑީޕީގެ ވެރިންގެ ފަރާތުން ވަނީ މިފަދަ އަމަލުތައް ފެނިގެންގޮސްފައެވެ. އާއްމުގޮތެއްގައި އެމްޑީޕީގެ ފަރާތުން ކުޑަކުދިންނަށް ފުރައްސާރަކުރުންފަދަ އަމަލުތައް ފެންނަނީ ސިޔާސީގޮތުން ދައްކާނެ ވާހަކައާއި ކުރާނެ ކަމެއް ނެތި، ސިޔާސީގޮތުން ހުސްވުމުންކަން ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
