
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ނިސްބަތްކުރައްވާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާތީ އެކަން ކުށްވެރި ކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ރައީސް ޑރ. ވަޙީދު ވިދާޅުވީ، ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ސިޔާސީ ސަޤާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާކަމެއްކަމަށާއި، މިއީ އެކަން ހުއްޓާލަންވީ ވަގުތުކަމަށްވެސް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރައީސް ޑރ. މުޢިއްޒުގެ އާއިލާއަށް ނިސްބަތްކުރައްވާ ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާފައެވެ.
It is unacceptable to drag children into political conflict. Attacking families of politicians have become part of the political culture for some time now. It’s time to stop it. I condemn the recent attack on the children of President@MMuizzu.
— Mohamed Waheed (@DrWaheedH) March 15, 2025
ކުރީގެ ރައީސް ޑރ. ވަޙީދުގެ އިތުރުން ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އާންމުންވެސް ގެންދަނީ ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަތުން ކުށްވެރިކޮށް ޝުޢޫރު ފާޅުކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި 3 ފަރާތަކަށް ދައުވާކުރުމަށް އާއިލާއިން ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
