
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓަރީ)
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިފެށޭ މަސައްކަތްތަކުން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާާއި ބައްދަލުކުރައްވާ، ރައްޔިތުން އެދޭ ގޮތަށްކަމަށެވެ. އެގޮތުން އަަމަލީ މަސައްކަތް ފެށޭ މި މަޝްރޫއުތަކަކީވެސް މިފަދަ މަަޝްރޫއުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ވަޒީރު ޝަހީމު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށާއި މި މަސައްކަތްތަކަކީ ރައީސް ވަރަށް ގާތުން ބައްލަވާ މަސައްކަތެއްކަމަށެވެ. ” ރައީސްގެ ވެރިކަމުގައި އިސްލާމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެ. އަދި މިކަމަކީ ރައީސް ވަރަށް ގާތުން ބަލާނެ ކަންކަން” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝަހީމު ވިދާޅުވީ މި މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެގެންދާނެކަމަށާއި އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، ދިވެހިރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެކަމަށެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ 14 މަޝްރޫޢުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށާއި، 1 ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އިތުރުން 11 ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
