
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ބ. ތުޅާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ޖުލައިމަހުއެވެ. މި ހޮސްޕިޓަލު ތަރައްޤީކުރަނީ ދެ ފަންގިފިލާގެ އިމާރާތެއްގައެވެ. މި ޕްރޮޖެކްޓަކީ ބ. އަތޮޅުގެ އިތުރުވަމުން އަންނަ އާބާދީއާއެކު، މިހާރު އޭދަފުށީގައި ހިންގާ އަތޮޅު ހޮސްޕިޓަލުގެ ބާރު ކުޑަކުރުމަށް ތަރައްޤީކުރަން ފެށި ތަނެކެވެ.
މި ޕްރޮޖެކްޓްގައި މުޅި ހޮސްޕިޓަލުގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އިމާރާތުގެ އެންމެ ފަހުން ނިމިފައިވަނީ ޓެރަސްގެ ޝީޓް އެޅުމުގެ މަސައްކަތްތެވެ. އެމްޓީސީސިއިން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ގްރައުންޑް ފްލޯ މެސަންރީގެ މަސައްކަތާއި އަދި ރޫފް ލެވެލް ކޮލަމް ކާސްޓިންގެ މަސައްކަތްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާއިރު އަމާޒަކީ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުންކަމަށް އެމްޓީސީސިއިން ވިދާޅުވެއެވެ. ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން ތުޅާދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީއަށް ދައްކާކަމަށް އެމަރުކަޒު ހިންގާ ބަލަހައްޓަމުން އަންނަ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. މި ހޮސްޕިޓަލާއެކު ތުޅާދޫ ކައިރީގައި ދެން އޮންނަ، ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށްވެސް ސިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.
ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 114.50 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
