
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
އެއަރ މޯލްޑިވްސްގެ ދުވަސްވަރު ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތާ ތާރީޚީ ޑައިވް ސައިޓު ހުޅުވާލައިފިއެވެ. މިޑައިވް ރެކަށް ނަން ދީފައިވަނީ “ކުޑަގިރި ދޫނިއާ ރެކް”ގެ ނަމުންނެވެ.ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެމްއެމްޕީއާރްސީއާއި، އެޗްޑީސީގެ އިތުރުން އެމްޓީސީސީ ގުޅިގެން ޑައިވް ސައިޓެއް ތަރައްޤީކޮށް މިހާރުވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި އޭވިއޭޝަން ސިނާޢަތް ފެށުމަށް އޭރުގެ އެއަރ މޯލްޑިވްސްއިން ބޭނުންކުރި ޑޯނިއާ 228 މަރުކާގެ، 2 އެއަރ ކްރާފްޓް މޫދަށް ފައްތައިގެން ތަރައްޤީކުރި މިޑައިވް ރެކް ސައިޓަށް ކިޔަނީ “ދޫނިއާ ރެކް”އެވެ.
އެޗްޑީސީން ވިދާޅުވީ، މިނަން ދީފައިވަނީ ތާރީޚީގޮތުން ރާއްޖެއަށް ޚާއްސަ ދެ އުޅަނދެއް ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވުމާއެކު، އެދެ އެއަރކްރާފްޓަކީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތުގެ ފެށުންކަމުގައިވާތީ އުދުހުން ދޭހަކޮށްދިނުމަށްޓަކައި ދޫންޏަށް ނިސްބަތްކޮށްފައިކަމަށެވެ.
A Historic Dive Site Inaugurated!
Today, in collaboration with MMPRC and MTCC, we delightfully inaugurated the Dhoonier Wreck at Kudagiri! This project represents our shared commitment for a brighter future for tourism in Maldives.#Kudagiri #DhoonierWreck #WithHDC pic.twitter.com/il8Tgy3EnF
— Housing Development Corporation (@hdcmaldives) March 15, 2025
އެޗްޑީސީން ވިދާޅުވީ، މިސައިޓަކީ ފަތުރުވެރިންނާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޝައުގުވެރި ތަނެއްގެ ގޮތުގައި އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް އެކުންފުނިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. ކުޑަގިރި ފަޅުތެރޭގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދު ބަލަހައްޓާނީ އެޗްޑީސީންކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިސައިޓު ހުޅުވުމަށް ކުރިއަށްދިޔަ އިވެންޓުގައި ފަތުރުވެރިކަމާއި، ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި އުރީދޫ މޯލްޑިވްސްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުންދަނީ ކުރަމުންނެވެ. މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
