
(ފޮޓޯ ކްރެޑިޓްސް: ޕީީއެސްއެމް)
ބޮޑެތި ކުލަބުތަކުން ބޮއިޓްކުރި ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކުރިއަށް ގެންގޮސްފިއެވެ. ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބަކުން މިރޭގެ ކޮންގްރެސް ބޮއިކޮޓްކުރި ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ހާޒިރުވެފައެވެ. ކޮންމެ ކުލަބަކަށް ދެ ވޯޓު ދެވޭ ގޮތަށް ހަމަޖެހިފައި އޮންނައިރު ބޮއިކޮޓް ކުރި ކުލަބުތަކަކީ ކުލަބު ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޑެޓް ވިކްޓަރީ (ޔޫވީ) އަދި ކުލަބު އީގަލްސްއެވެ.
ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކަކީ ދެ ފަހަރެއްގެ މަތިން ކޮންގްރެސް ބާއްވަން އުޅުމުން އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވި އަޙްމަދު ތޯރިގް (ޓޮމް) އަށް ތާއިދުކުރި ކުލަބުތަކެވެ. އަދި ބޮއިކޮޓް ކުރި ކުލަބުތަކުން ތާއީދުކުރަނީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކަމަށް މައުލޫމާތު ލިބެއެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފީފާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި ކޮންގްރެސްގައި ކޯރަމްގެ މައްސަލަ ދިމާވިނަމަ ވަޒީރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާ ކޮންގްރެސް ފެށިއެވެ. އަދި ކޯރަމްގެ މައްސަލަ ހައްލުކުރުމަށް މެދުކަނޑާލައި، ދެވަނަ ފަހަރަށްވެސް ކޮންގްރެސް ކުރިއަށް ގެންދެވޭތޯ ފީފާއިން އައްޔަނުކޮށްފައިވާ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ކުރިއެވެ.
މި ކޮންގްރެސް އަކީ ސުލޫކު ކޮމިޓީ އާއި، ފިޔަވަޅު އަޅާ ކޮމިޓީ އާއި، އިސްތިއުނާފު ކޮމިޓީ އެކުލަވާލުމާއި، ފާއިތުވި ދެ އަހަރުގެ އެފްއޭއެމްގެ އޮޑިޓެއް ކުރުމަށް މިނިވަން އޮޑިޓް ފާމެއް ކަނޑައެޅުމަށް އެޖެންޑާގައި ހިމަނައިގެން ކުރިޔަށް ގެންދަން ރޭވި ކޮންގްރެސްއެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
