
(ފޮޓޯ ކްރެޑިޓްސް: އައިއޭސީ)
ފަލަސްތީނުގެ ޣައްޒާގައި ދިވެހިންގެ އެހީތެރިކަމާއެކު ބޮޑު ރޯދަވީއްލުމެއް ބާއްވައިފިއެވެ. މި ރޯދަވީއްލުން އިންތިޒާމުކޮށް ބޭއްވީ ދިވެހިރާއްޖޭގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ. އައިއޭސީން މަޢުލޫމާތު ދިންގޮތުގައި މި ރޯދަވީއްލުމުގައި ސަތޭކަ އަށްވުރެ ގިނަ ބަޔަކު ބައިވެރިވިއެވެ. މީގެ އިތުރުން، އައިއޭސީން ޣައްޒާގައި އިތުރު ރޯދަވީއްލުމުގެ ހަރަކާތްތަކާއި ރޯދަވީއްލުމުގެ ޕެކޭޖްތައް ބެހުން ފަދަ އެހެނިހެން ޙަރަކާތްތައް ހިންގުމަށްވެސް ރޭވިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
މި ހަރަކާތްތައް ކުރިއަށްދަނީ ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ދާދިފަހުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވާލާފައިވާކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނަށް ހަމަލާދޭން ފެށުމަށްފަހު، ޣައްޒާގެ ހާލަތު ވަނީ ނުހަނު ގޯސްވެފައެވެ. މިހާތަނަށް މި ހަމަލާތަކުގައި 48,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 100,000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. އަދި މިހާރު ޣައްޒާގެ ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދިވެހިންގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތަކަކީ އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެއް ކަމުގައި ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
