
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ މުޖުމަތައުގައި އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުން ކަމަށާއި ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގަ އެވެ. ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ އިސް ސިޔާސަތަކީ އަންހެނުންނަކީ ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުމެވެ.
“ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ފަދަ، ތައުލީމީ ދާއިރާ ފަދަ، މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ހިދުމަތްތެރީންނެވެ. ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަ އެވެ. ސާނަވީ އާއި މަތީ ސާނަވީ އަދި ޔުނިވާސިޓީ ތައުލީމުގެ މަރުޙަލާގައި ވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުން ގިނައީ ވެސް އަންހެން ދަރީންނެވެ،” ރައީސް މުއިއްޒުގެ ހިތާބުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ‘އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން’ ކަމަށް ބުއްދިވެރި ބަހެއްގައި ބުނާ ކަމަށާއި އެހެންވެ، އެއީ ދިވެހި ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއް ކަމަށް ބުނެވިދާނެ ކަމަށެވެ.
“ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންނެވެ. އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި އާއިލާތަކަށް އޯގާތެރިކަމާ އެކު ހޭހަންކުރާ މަދަދުގާރުންނެވެ. ދިވެހި އުންމަތުގެ ތަރައްގީ އާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައި ވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ވަނީ ލިބިފަ އެވެ. ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ގައުމު އަބަދުވެސް ފަހުރުވެރިވާނެ އެވެ،” ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ދިވެހި ތާރީހުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައި ވެސް ދިވެހި އަންހެނުންގެ ހީވާގި ކަމާއި މުރާލިކަމާއި ގެވެހިކަމާއި ސާފުތާހިރުކަމަށް ލޯބި ކުރުމާއި ގައުމީ އަދި އިޖުތިމާއީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނަން އެބަހުއްޓެވެ. އަދި މިނިވަންކަމުގެ ހައްގުގައި ދިވެހިން ކުރި ކޮންމެ ޖިހާދެއްގައި ވެސް ދިވެހި އަންހެނުންގެ ބައިވެރިވުމާއި ދައުރު އޮތް ކަމާ މެދު ދެބަސް ނުވެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސްގެ ހިތާބުގައި އިސްލާމްދީނުގައި އަންހެނުންގެ ދައުރާ ގުޅޭ ގޮތުން ވެސް އަލިއަޅުވައިލެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީ ހިނދު، އަންހެނުންގެ ހައްގުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމައުގައި އަންހެނުންގެ ގަދަރާއި އިއްޒަތް މަގާމު މަތިވެރި ކޮށްދިނީ އެ ދީން ކަމަށެވެ.
ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ހަވާލުކުރެއްވިއިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ޚަދީޖަތުގެފާނެވެ.”— ރައީސްގެ ހިތާބު
އެގޮތުން ކީރިތި ރަސޫލާ އިސްލާމީ ރިސާލަތާއިގެން ފޮނުއްވުނީ، އަންހެން ދަރީންނަކީ ބަދުނަސީބެއް ކަމުގައި ދެކި، ދިރިތިއްބައި އަންހެނުން ވަޅުލަމުން ދިޔަ އަނދިރި ޒަމާނެއްގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭގެ ފަހުން އިސްލާމްދީން ވަނީ، އަންހެނުންގެ ފުރާނަ އާއި ދިރިތިބުމުގެ ހައްގު ހިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތް ކުރުމުގެ ހައްގު ފުރިހަމަ އަށް ހޯދައިދީފަ އެވެ.
“އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީ ވެސް ދެވަނަ މީހަކީ ވެސް ތިންވަނަ މީހަކީ ވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ مُحَمَّدُ صلى الله عليه وسلم އެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަސިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުމެވެ،” ރައީސްގެ ހިތާބުގައި ފާހަގަކުރެއްވި އެވެ. “ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ހަވާލުކުރެއްވިއިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ޚަދީޖަތުގެފާނެވެ.”
ރައީސް ފާހަގަކުރެއްވި ގޮތުގައި ކީރިތި ރަސޫލާގެ ރިވެތި ދިރިއުޅުއްވުމާއި އިސްލާމްދީނުގެ ހުކުމްތައް ސާފުކޮށް މުޅި އުންމަތަށް ބަޔާންކޮށް ދެއްވުމުގައި މުއުމިނުތަކުންގެ މައިކަމަނާ އާއިޝަތުގެފާނު އަދާކުރައްވާފައިވާ ދައުރު ނުހަނު މަތިވެރިއެވެ. ހާއްސަކޮށް ކީރިތި ގުރްއާނުގައި މަރްޔަމްގެފާނުގެ ކެތްތެރިކަމާއި އާސިޔަތުގެފާނުގެ އީމާންތެރިކަމުގެ ރިވެތި މިސާލު، ތާރީފުގެ ބަސްފުޅުތަކާ އެކު ވަހީ ކުރައްވާފައިވާކަން ވެސް ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ. “ދުނިޔޭގެ ވަރަށް ގިނަ ތާރީހު ފޮތްތައް ބުނާ ގޮތުގައި، ތައުލީމު އުނގަންނައިދޭ އެންމެ ފުރަތަމަ ޖާމިއާ ނުވަތަ ޔުނިވާސިޓީ، “ޖާމިއުލް ގަރްވިއްޔީން”ގެ ނަމުގައި މީލާދީން 859 ވަނަ އަހަރު ބިނާކުރެއްވީ މުސްލިމް އަންހެން ބޭކަނބަލެއް ކަމުގައިވާ ފާތިމާ ބިންތު މުޙައްމަދުލް ފިހްރީ އެވެ،” ރައީސް ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
