
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓުތަކާއި ޝަރުއީ ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާތީ އަޖައިބުވެެވަޑައިގަންނަވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހުރީ “ކޮމްޕްރޮމައިޒް” ވެފައި ކަމަށް ވިދާޅުވެ އިއްޔެ ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވެސް އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ފަލާހު އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށެވެ. އެހެން އެކަން ވީ ސަރުކާރުން މަޖިލީހަށް “އަތާ ފަޔާ ނުބޭނުން” ކަމަށް ފަލާހު ވިދާޅުވި އެވެ.
“އަޅުގަނޑު އުޅުނިން 18 ވަނަ މަޖިލީހުގައި. އޭރު ވެރިޔަކީ ޔާމީނު. ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބިނޯވެގެން އޭރުގެ މެޑަމްގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގައި،” ފަލާހު ވިދާޅުވި އެވެ. “އަޅުގަނޑު ހަމަ އަޖައިބުވޭ ޔާމީނުު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓުތަކުގެ ވާހަކަ ދައްކާތީ އަދި މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތީ. އެ އަށް ވުރެ އަޖައިބުވޭ އަނިޔާވެރިކަމުގެ ވާހަކަ ދައްކާތީ. ބައެއް ފަހަރު ހިތަށް އަރާ މި ވާހަކަތައް އެ ކިޔައިދެނީ ހަމަ އަބްދުﷲ ޔާމީނު ބާއޭ.” ސުވާލުތަކެއް ލިސްޓެއްގެ ގޮތުގައި ހިމަނުއްވައި ފަލާހު ވިދާޅުވީ، އެ ހުރިހާ ކަމެއް ކުރެއްވި ބޭފުޅަކީ ޔާމީން ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ އަށް އެންމެ ބޮޑު ހިޔާނާތެއްވެ އަދި އެންމެ އަނިޔާވެރި ވެރިކަމެއް ކުރެއްވީ ވެސް ޔާމީން ކަމަށެވެ.
“މި ގައުމުގެ ޖުޑިޝަރީ ފުނޑާލާ ކޯޓުތަކުން ޓިނު ނަގައި، ކޯޓުތަކަށް އެއްމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން 2 އަހަރު މަގުމަތިކޮށް، މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާކޮށް މަޖިލީސް ހިސޯރު ކުރީ ކާކު؟ ޖަވާބު ހަމަ ޔާމީނު،” ފަލާހު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ރޯޔަލް އައިލެންޑް ރިސޯޓުގައި ބައްދަލުކުރެއްވި ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅުވައިގެންނެވެ.
އެ ވާހަކަތައް ދޮގުކުރައްވައި ރޯޔަލް އައިލެންޑް ރިސޯޓުގެ ވެރިޔާ ގާާސިމް އިބްރާހިމް ރޭ ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް މިދިޔަ އަހަރު ވެސް އަދި މި އަހަރު ވެސް އެ ރިސޯޓަށް ވަޑައިނުގަންނަވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
