
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އާދީއްތަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވުމަށް އަންގައިފައެވެ. މައުލޫމާތު އެނގޭ މީހަކު ކިޔާދިން ގޮތުގައި އަޒްމިރަލްދާ ހާޒިރުވާން އަންގާފައިވަނީ ހެނދުނު 11:00 އަށް ކަމަށްވާއިރު، މަހާޒު ހާޒިރުވާން އަންގާފައިވަނީ މެންދުރުފަހު 13:00 އަށެވެ.
އަދި މި ދެ ފަނޑިޔާރުން ހާޒިރުކުރަނީ ފަނޑިޔާރަކަށް ބިރުދެއްކުމާއި ގުޅޭ ސުލޫކީ މައްސަލައަކާ ގުޅިގެންކަން އެނގިފައި ވެއެވެ. މި މައްސަލަ ޖޭއެސްސީން ވަނީ ބަލަމުންގެންދާ ކަމަށް ވިދާޅުވެފައެވެ. މި ނިންމުން ނިންމީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު “ހުތުރު ބަހުން” ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވިކަމަށް ބެލެވޭތީއެވެ.
ސުއޫދުގެ މައްސަލަ ބެލުމަށް ކުރިން ނިންމާފައިވީ ނަމަވެސް، އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވެއެވެ. ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގައެވެ. ނަމަވެސް މި މައްސަލައިގައި ކޮމިޝަނުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މައްސަލަ ބެލި ކޮމިޓީން ވަނީ މިއީ ޖޭއެސްސީން ވަކި ގޮތެއް ނިންމަންޖެހޭ މައްސަލައެއް ކަމަށް ހުށަހަޅާފައެވެ.
ޖޭއެސްސީގެ އަޣުލަބިއްޔަތުން ނިންމީ އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ބެލުމަށެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ދަށު ކޯޓުތަކުގެ ފަނޑިޔާރު ފަރުހާދު ރަޝީދެވެ. ހަނީފް ސުޕްރީމް ކޯޓަށް ހާޒިރު ކޮށްފައި ވަނީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއްގައި ބައެއް މަޢުލޫމާތު ހޯދުމަށް ހައި ކޯޓުގައި އެދުމުން އެކަން ނުކޮށް ލަސްވުމުގެ ސަބަބުން މުއްދަތުގެ ތެރޭގައި އިސްތިއުނާފް ނިންމަން ދަތިވި މައްސަލައަކާ ގުޅިގެންނެވެ.
މި ދެ ފަނޑިޔަރުންނާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން މިހާރުވެސް މި ދެ ފަނޑިޔާރުން ތިބީ ސަސްޕެންޑް ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
