
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެމްޑީޕީގެ ވެރިކަމުގައި ފަނޑިޔާރުންނާއި ދެކޮޅަށް 56 ފިޔަވަޅު އަޅާފައިވާ ކަމަށް ބަންޑާރަ ނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިހެން ވިދާޅުވެފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ޖޭއެސްސީން ސަސްޕެންޑް ކުރަން ނިންމީ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރެވެ. މީގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާއި ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން “ސުލޫކީވުން” ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީން ފަނޑިޔާރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ.
އޭނާގެ އެ ޕޯސްޓްގައި ވަނީ ނޮވެމްބަރު 2018 އިން ފެށިގެން ނޮވެމްބަރު 2023ގެ ނިޔަލަށް ފަނޑިޔާރުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލާއި، ނޮވެމްބަރު 2023 އިން ފެށިގެން ފެބްރުއަރީ 2025 ނިޔަލަށް ފަނޑިޔާރުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު އާއްމު ކުރައްވާފައެވެ. އެ ޕޯސްޓުން ފެންނަ ގޮތުގައި ނޮވެމްބަރު 2018 އިން ފެށިގެން ނޮވެމްބަރު 2023އަށް މަގާމުން ވަކި ކުރި ފަނޑިޔާރުންގެ އަދަދު އަށަކަށް އަރާއިރު، ސަސްޕެންޑް ކުރި ފަނޑިޔާރުންގެ އަދަދު 12 އަށް އަރައެވެ. މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު ތިނަކަށް އަރާއިރު، ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަލާ ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު 33 އަށް އަރަައެވެ. އެކު ޖުމްލަ ފަނޑިޔާރުންނާއި ދެކޮޅަށް 56 ފިޔަވަޅު އަޅާފައި ވެއެވެ.
2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް JSC އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ… pic.twitter.com/1TjDOJz2c3
— Ahmed Usham (@a_usham) March 7, 2025
ނޮވެމްބަރު 2023 އިން ފެށިގެން ފެބްރުއަރީ 2025 ނިޔަލަށް ފަނޑިޔާރުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، މަގަމުން ވަކި ކުރި ފަނޑިޔާރުންގެ އަދަދަކީ 0 އެވެ. ސަސްޕެންޑް ކުރި ފަނޑިޔާރުންގެ އަދަދު ތިނަކަށް އަރާއިރު، މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދަކީ 0 އެވެ. އަދި ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަލާ ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދަކީ ދޭއްއެވެ. އެކު ޖުމްލަ ފަނޑިޔާރުންނާއި ދެކޮޅަަށް ފަސް ފިޔަވަޅު އަޅާފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
