
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީއިން އެޓާރނީ ޖެނެރަލް އަހްމަދު އުޝާމް ތަނާޒުލްވެވަޑައިގެންފިއެވެ. އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަހްމަދު ނާސިހް ވަނީ ހަމަޖައްސާފައެވެ. އުޝާމް މިގޮތަށް ނިންމީ ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ. އެ ސިޓީގައި އަޒްމިރާލްދާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އޭނާގެ މައްސަލަ ބަލާ ކޮމެޓީގައި އެޓާރނީ ޖެނެރަލް ހުންނަވާއިރު، އޭނާގެ މަސްލަހަތު އެ މައްސަލައިގައި ހިމެނޭ ކަމަށެވެ.
“ކޮމިޓީއިން އިސްތިއުފާ ދިނީކީ ނޫން، ފަނޑިޔާރަކު ހުށަހެޅި މައްސަލައެއްގައި އަޅުގަނޑުގެ (ބަންޑާރަނައިބުގެ) މަސްލަހަތު އޮތް ކަމެއް ކަމަށް ބަޔާންކޮށްފައި އޮތުމުން އެ މައްސަލަ ބަލާ ކޮމިޓީގައި އަޅުގަނޑު އިނުމަށް ތަނާޒުލްވާކަން ޖޭއެސްސީއަށް އަންގާފައި މިހާރު ވާނީ.” އުޝާމް ވިދާޅުވިއެވެ.
ޖޭއެސްސީން މިހާރު ބަލަމުންދަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަތަކެކެވެ. އަޒްމިރާލްދާއާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފްގެ މައްސަލާގައި ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބެލެވޭ މައްސަލައެވެ. މީގެ އިތުރުން ހުސްނުއްސުޢޫދުގެ ސުލޫކީ މައްސަލައެއް ވެސް ބެސް ބަލަން ފަށާފައިވީ ނަމަވެސް، އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.
ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު އަޒްމިރާލްދާ އާދިއްތަ ދުވަހު ހެނދުނު 11:00 އަށް ޖޭއެސްސީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސުލޫކީ މައްސަލައެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
