
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްކަޕަށް ޚާއްސަ ޓާސްކްފޯހެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވައިފި އެވެ. “ވައިޓް ހައުސް ވޯލްޑް ކަޕް ޓާސްކްފޯސް” އުފައްދަވާފައިވަނީ އިއްޔެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއިއެކު ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިންފަންޓީނޯގެ ހާޒިރުގައި ޓްރަމްޕް ވަނީ ޓާސްކްފޯސް އުފެއްދުމުގެ އެގްޒެކްޓިވް އޯޑަރ ގައި ސޮއި ކުރައްވާފަ އެވެ.
ރައީސް ޓްރަމްޕް ޗެއަރ ކުރައްވާ މި ޓާސްކްފޯސް އިން ކުރިއަށް އޮތް ވޯލްޑްކަޕްގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ. 1994 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު އެމެރިކާގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ބާއްވާއިރު މީގެ ކުރީގެ މުބާރާތްތަކާއި ޚިލާފަށް 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޖުމްލަ 48 ޓީމު ވާދަކުރާނެ އެވެ. މީގެ ކުރިން ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 32 ޓީމެވެ. 2026 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ.
އެމެރިކާގެ ރައީސް ކަމަށް މި ފަހަރު ޓްރަމްޕް އިންތިޚާބުވުމާއިއެކު ކެނެޑާ އާއި މެކްސިކޯ އާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހީނަރުވެފައިވާތީ އެކަމަށް އިޝާރާތްކޮށް ޓްރަމްޕް ވިދާޅުވެފައިވަނީ އެފަދަ ކަންތައްތަކާއިއެކު މުބާރާތް އިތުރަށް ފޯރިގަދަވެގެންދާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވެފައިވަނީ މި މުބާރާތުގެ ސަބަބުން އެމެރިކާއަށް އެތަކެއް މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށާއި އަދި މާލީ ގޮތުން 40 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެ ލައްކަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި މިއީ ކުޅިވަރުގެ އީދެއް ކަމަށެވެ.
އިންފަންޓީނޯ ވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑްކަޕްގެ ޓްރޮފީވެސް ޓްރަމްއަށް ދައްކާލާފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
