
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރުމަށް ރިޔާސަތުން ނިންމަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިގޮތަށް ނިންމެވީ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން މުސާރަ ނަންގަވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޖަލްސާގެ އިތުރުންވެސް މަޖިލީހުގައި މެންބަރުންގެ އިތުރު މަސައްކަތްތައް ކުރިއަށްދާކަން އެ ޖަލްސާގައި ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ރިޔާސަތުން އެ ދުވަހެއްގެ ޖަލްސާގެ އެޖެންޑާ އިއުލާންކުރައްވައެވެ. ނަމަވެސް އެ ދުވަހަކު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މިހާތަނަށް ޖަލްސާތަކުގައި ރިޔާސަތުން ހާމަ ނުކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެ ދުވަހަކު ތަރުތީބުވެފައި އޮންނަ ގޮތެއް އެ ދުވަހެއްގެ ޖަލްސާގައި މީގެފަހުން ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކާއިރު މަޖިލީހުގެ ތަޅުމުން ބެލުންތެރިންނަށް މަދު މެންބަރުންތަކެއް ފެނުނުމުން ޖަލްސާއަށް ވަޑައިނުގެން މެންބަރުން މުސާރަނަންގަވާކަމަށް ހީވެދާނެ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. މެންބަރުން ތަޅުމުގައި ފެންނަ ނެތްނަމަވެސް ޖަލްސާ ކުރިއަށްދާ ވަގުތުވެސް ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. “ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މި ހިނގާގޮތަކީ މިސާލަކަށް މިއަދު އަޅުގަނޑުމެން މަޖިލީހުގެ ތަޅުމުގައި މި ހޭދަކުރީ 1 ގަޑިއިރާ 12ވަރަކަށް މިނެޓް. ބިލުގެ ބަހުސްގެ. މިތަނުން ބިލު ބަލައިގަތުމަށް ނިންމުމާއެކު މިދަނީ ކޮމިޓީއަށް. ކޮމިޓީ މަރުހަލާ ފެށިގެން މިދަނީ، އެ ބިލަކާ ގުޅޭގޮތުން ދިރާސާކުރަންޖެހޭ ވަރަކަށް ދިރާސާކޮށް، އެއާގުޅޭގޮތުން މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، އެ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އަދިވެސް ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދާ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރުމަށްފަހު ބިލު ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް މި އަންނަނީ. އެހެންވީމަ އެ ހޭދަވާ ވަގުތުވެސް މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ ވާހަކަ ދެންނެވުން އަޅުގަނޑުގެ މައިގަނޑު ބޭނުމަކީ،” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވަނީ މި ރަމަޟާން މަހުގެ ހެޔޮކަމާއި ފައިދާ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު 66 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި...
މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދިވެހި ރައްޔިތުންނަށް...
“މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ އަސްލަކީ ޖީލުން...
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
