
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުން މަނާކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ ހަބަރުތައް މަޖިލިހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު މަމްދޫހު މިއަދު ދޮގު ކުރައްވައިފިއެވެ. މަމްދޫހް މިހެން ވިދާޅުވީ “ރައީސް މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުން މަނާކޮށްފި” މި ސުރުހީގެ ދަށުން “އަދަދު” ނޫހުގައި ލިޔެފައިވާ ހަބަރާ ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކަނޑައެޅިގެން ދޮގު ޚަބަރެއް. މިފަދަ އެއްވެސް އެންގުމެއް، ރަޢީސް @MMuizzu ވެސް އަދި ޕީޖީ ލީޑަރ @IbrahimFalahR ވެސް އަންގާފައިނުވޭ!
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަހަރެއް ވާން ކައިރިވީއިރު، މިމަޖިލީހަކީ ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރީން، ތަކުރާރުކޮށް، ހާޒިރު ކުރެވި،… https://t.co/7lvtWHDNiS— Mohamed Mamdooh (@Mamdooh_Yoonus) March 4, 2025
” ކަނޑައެޅިގެން ދޮގު ޚަބަރެއް. މިފަދަ އެއްވެސް އެންގުމެއް، ރައީސް މުއިއްޒު ވެސް އަދި ޕީޖީ ލީޑަރު ފަލާހް ވެސް އަންގާފައިނުވޭ” މަމްދޫހް ވިދާޅުވިއެވެ. މަމްދޫހް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަހަރެއް ވާން ކައިރިވީ އިރު، މިމަޖިލީހަކީ ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރީން، ތަކުރާރުކޮށް، ހާޒިރު ކުރެވި، ސުވާލު ކުރެވި ކަންކަން ސާފުކުރެވި، ތަފާތު އެކިއެކި ކަންކަމާ މަޝްވަރާ ކުރެވިފައިވާ މަޖިލީހެއް ކަމަށެވެ.
މި މަޖިލީހުގެ ކަންކަން ނިންމަމުންދަނީ، ފުރިހަމަ މިނިވަންކަމާއެކު، މަޖިލީހުގެ އިންފާރު ތެރޭގައި، ރައްޔިތުންގެ މަންދޫބުން، ކުޑަވެސް ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވިއެވެ. މަޖިލިސް ދެންވެސް ދެމި އޮންނާނީ، “ދިވެހީންގެރާއްޖެ” މެނިފެސްޓޯ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، މި ގައުމާއި ލޮބުވެތި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުމުގައި ކަމަށް މަމްދޫހް ވިދާޅުވިއެވެ. އަދި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދީ ސަރުކާރުގެ ކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވާ، ކަންކަން ދިވެހީން އެދޭ މަގަށް، އިސްލާހުކުރަމުންދާ މަޖިލީހެއްގެ ގޮތުގައި މަޖިލިސް ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
