
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މުރާޖަޢާ ކުރުމަށްފަހު އަލުން ނެރުނު ލިސްޓަސް 1000އެއްހާ ޝަކުވާ ލިބިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ލިބޭކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ ލިސްޓް މުރާޖަޢާ ކުރުމަށްފަހު ޝަރުތު ހަމަވާ މީހުންގެ ލިސްޓް މިސަރުކާރުން އިޢުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މިލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ ފްލެޓު ހޯދުމަށް ފޯމުލީ މީހުންނަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައެޅޭނެ ކަމަށެވެ. އަދި އެހެން ފަރާތްތަކަށްވެސް ވުޒާރާގެ މެއިލް [email protected] އަށް ޝަކުވާ ހުށައެޅޭނެކަމަށް ނަޒީމް ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ ރެއާ ހަމައަށް ހާހަކާ ގާތްކުރާ އަދަދަކަށް ޝަކުވާ ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން ޕޯޓަލް މެދުވެރިކޮށް ލިބުނީ 638 ޝަކުވާކަން އޭނާ ފާހަގަކުރެއްވިއެެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ނަޒީމް ވިދާޅުވީ ޢާންމު ގޮތެއްގައި ޝަކުވާ ލިބިފައިހުރީ ލިސްޓުގައި ނަން ނެތިގެން ކަމަށެވެ. އަދި ޕޯޓަލްގައި ޝަކުވާ ހުށައަޅާއިރު ލިޔުމަށް އޮންނަ ބަހުގެ ލިމިޓު ކުޑަވެގެންވެސް ޝަކުވާ ލިބިފައިހުރިކަމަށް ނަޒީމް ވިދާޅުވިއެވެ. ނަޒީމު ވިދާޅުވީ ޕޯޓަލް ތެރެއިން ޝަކުވާ ލިޔާ ލިމިޓް 3000 ލަފްޒަށް އިތުރުކުރާނެކަމަށެވެ. ނަޒީމް ވިދާޅުވީ ޝަކުވާގެ ތެރޭގައި އެންމެ ގިނައިން އޮތީ މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކޮށްދިނުމުގައި ހުރިދަތިތައްކަމަށެވެ. މިކަމުގައި ސާބިތުވާ ވަރުގެ ހެއްކެއް ދެއްކިއްޖެނަމަ އެކަން ވެރިފައިކުރުން ކުރިއަށް ގެންދާނެކަމަށެވެ. އަދި ކުރިއަށް މިދިޔައީ ވެރިފިކޭޝަން މަރުހަލާއެއް ކަމުން އިތުރު ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަގަޅުގޮތެއް ނޫންކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ ޝަކުވާތައް ބެލުމަށްފަހު ލިސްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިހާރު ވުޒާރާއިން ހާމަކުރައްވާފައިވާ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވަނީ 1820 މީހުންނެވެ. ނަޒީމް ވިދާޅުވީ ބާކީ ހުރި ފްލެޓުތަކަށް މީހުން ހޮވާނީ ސްކީމަށް ފޯމުލީ 16،000 އެއްހާ މީހުންގެ ފޯމު ޗެކްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށް ކަމަށެވެ.
މިދިޔަ ސަރުކާރުން ޢާންމުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން މުރާޖަޢާކުރަން ފެށީ އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރުމާ ގުޅިގެންނެވެ. އެ ގޮތުން އެ ލިސްޓުގައި ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓު ދީފައިހުރިކަން ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
