
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވާ އިހްޔާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމް ބާއްވައިފިއެވެ. މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއާއި ޑރ. މުހައްމަދު ޤުބާދު އަބޫބަކުރުއެވެ. މި ފޯރަމްގައި ރައީސް މައުމޫން ތަޤްރީރުކުރެއްވީ “އިސްލާމްދީނުގެ ވަރުގަދަ އަސާސް” މި މަޢުޟޫއަށެވެ. އަދި ޑރ. މުހައްމަދު ޤުބާދު ތަޤްރީރު ކުރެއްވީ “އިސްލާމީ އަޅުކަންތަކުގެ އަލީގައި، އިސްލާމް ދީނުގައި އަޚްލާޤަށް ދެވިފައިވާ މަތިވެރި މަޤާމް” މި މަޢުޟޫއަށެވެ.
” އިސްލާމްދީނުގެ ވަރުގަދަ އަސާސް” އާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މަޢުމޫން ވަނީ އިސްލާމްދީނުގެ ރުކުންތަކުގެ މުހިއްމުކަމާއި އެކަމުގެ މާތްކަމުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމް ދީނަކީ ޚިޔާލުފާޅުކުރުމުގެ އުޞޫލަށް ތާޢީދުކުރާ ދީނެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ފުރުޞަތުތައް އޮތްނަމަވެސް ބައިބައިވުން އުފެދިގެން ނުވާނެކަމަށެވެ. ” ޚިޔާލު ފާޅުކުރުން އޮތްނަމަވެސް ހިތުގައި ބައިބައިވުން އުފެދިގެން ނުވާނެ. އެންމެންވެސް ވާންވާނީ އަޚުންތަކެއްގެ ގޮތުގައި.” ރައީސް މައުމޫން ވިދާޅުވިއެވެ.
“އިސްލާމީ އަޅުކަންތަކުގެ އަލީގައި، އިސްލާމް ދީނުގައި އަޚްލާޤަށް ދެވިފައިވާ މަތިވެރި މަޤާމް.” މި މަޢުޟޫއަށް ތަފްޞީލީ ގޮތެއްގައި ޑރ. ޤުބާދުވެސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން މާތް ﷲ އެންމެ ލޯބިފުޅުވާ އަޅުންނަކީ އެންމެ އަޚުލާގު ރަނގަޅު މީހުންކަން ހަނދުމަކޮށްދެވިއެވެ. “ނަމާދާ އަޚުލަޤާ ހުރި ގުޅުމަކީ ވަރަށް މަތިވެރި ގުޅުމެއް. ނަމަދަކީ ވަކިކަލަ މަޤްޞަދުތަކެއް ހާސިލްކުރުމަށްޓަކައި ކުރާ އަޅުކަމެއް.”ޑރ. މުހައްމަދު ޤުބާދު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ތެރޭގައި، ކޮންމެ އަހަރެއްގެ ރަމަޞާންމަހުވެސް އިޙްޔާ ފޯރަމްތައް ކުރިއަށްގެންގޮސްފައިވެއެވެ. އަދި އޭގެ ފަހުންވެސް އެމަނިކުފާނު ގެންދަވަނީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު އިހްޔާ ފޯރަމްތައް ބާއްވަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
