
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ އޯކްޝަން ޕޯޓަލްއިން، ހިތަދު ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ ހިދުމަތް ތައާރަފްކޮށްފިއެވެ. އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އޯކްޝަން ޕޯޓަލްއިން މިހާރު ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތައް ފެންނާނެ ކަމަށާއި އަދި މިހާރު އޯކްޝަން ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރު އެއްވެސް ފީއެއް އަދި ރަޖިސްޓްރޭޝަނަކާއި ނުލައި އެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައި އެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމްޕީއެލްގެ އޯކްޝަން ޕޯޓަލްއަކީ 2022 ވަނަ އަހަރު ތައާރަފްކުރި ހިދުމަތެކެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަަަށް ގެނެސް، ގިން ދުވަސްވަންދެން ކްލިއަރނުކޮށް ހުންނަ މުދާ ވިއްކާލަން ބާއްވާ ނީލަންތަކުގައި ވީހާ ވެސް ގިނަ ބަޔަކަށް ލުއި ފަސޭހަގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރްފްކުރި ހިދުމަތެކެވެ. އޯކްޝަން ޕޯޓަލްގައި މީގެ ކުރިން ބައިވެރިވެވެނީ މާލޭ ވިޔަފާރި ބަނދަރުގެ ނީލަންތަކުގައި އެކަންޏެވެ. އެކަމަކު ހިތަދޫ ޕޯޓްގެ ނީލަންތައް އޯކްޝަން ޕޯޓަލްއަށް އިތުރުކުރުމުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ހިތަދޫ ޕޯޓްގެ ނީލަންތަކުގައި ބައިވެރިވެވޭނެއެވެ.
ހިތަދޫ ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް ނީލާމުގައި އޮންލައިންކޮށް ބައިވެރިވެ، ބިޑްކޮށް ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިއެވެ. މީގެ އިތުރުން ނީލަމުގައި ބައިވެރިވާ ފަރާތެއް އެފަރާތުން ގަންނަން ބޭނުންވާ މުދަލުގެ ހުރިހާ މައުލޫމާތެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. ހިތަދޫ ޕޯޓަށް ގެންނަ މުދަލުގެ ތެރެއިން އާންމުގޮތެއްގައި ކްލިއާނުކޮށް ގިނަ ދުވަސްވެގެން ނީލަމުގައި ވިއްކާލަނީ މޮޓޯ ވެހިކަލްތަކެވެ.
ކުރިއަށް އޮތް ތަނުގައި ކުޅުދުއްފުށީ ޕޯޓުގެ ނީލަމުގެ ހިދުމަތް ވެސް އޮކްޝަން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭ ހިދުމަތް ތައާރަފް ކުރުމަކީ އެމްޕީއެލްގެ ވިސްނުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
