
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހެންވޭރު ގެެއެއްގެ ތެރޭގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާތީ ފުލުހުން މިދިޔަ ޖެނުއަރީ މަސް ތެރޭގައި ބަލައިފާސް ކުރުމުގެ އޮޕަރޭޝަންގައި އެ އޮފީސް ތެރެއިން 49،000 ސިނގިރެޓް ފޮށި އަތުލައިގަނެފައިވާ ކަމަށާއި އެ ތަކެތި ނައްތާލަން ސިޓީ ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ. ހ. ހުޅުގަލިގެ އެންމެ ތިރީ ފަންގިފިލާގައި ހިންގާ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރެޓް އުފައްދާ ކަމަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސް ކުރީ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެރޭ ފުލުހުން އެގޭ ތެރެއިން ފޮށިތަކެއް ގެންދިޔައެވެ. ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައިގައި އަތުލައިގަނެފައިވާ ސިނގިރެޓްތައް ނައްތާލުމާއި މެދު ގޮތެއް ނިންމުމަށް ސިއްހީ ވުޒާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށެވެ. އަދި މި މައްްސަލައިގެ ތުހުމަތު ކުރެވޭ ރޭޑިއަސް ގެ ވިޔަފާރި އާއި މެދު ގޮތެއް ނިންމުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއަށް ސިޓީ ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
