
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިބޭ މެމްބަރުން އެހެން ކޮމިޓީތަކަށް ބަދަލުކުރުމަކީ އަބަދު ވެސް ހިނގާ ކަމެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ފަލާހް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމިޓީތަކަށް ގެންނެވި ބަދަލުތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަދު މަޖިލީހުގެ ރައީސް ވަނީ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންގެ ބަދަލުގައި އެކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަހުމަދު އައިފާން ހަމަޖައްސާފައެވެ. އަދި އަޒާންގެ ބަދަލުގައި 241 ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ ހަމަޖައްސާފައެވެ.
މި ދެ ކޮމިޓީން އަޒާން ވަކިކުރެއްވުމަށް އޭނާ ބަދަލުކޮށްފައިވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއަށެވެ. “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، މަޖިލީހުގެ ކޮމެޓީ ތަކުން މެމްބަރުން އެއްކޮމެޓީން އަނެއް ކޮމެޓީ އަށް ބަދަލު ކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާކަމެއް ކަމަށާއި ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާކޮށް އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18 ، އަދި 19 ވަނަ މަޖިލީހުގައި ވެސް ޢާންމުކޮށް ހިނގާފައި ހުންނަ ކަންކަން ކަމަށެވެ.
އެހެން ކަމުން 20 ވަނަ މަޖިލީހުގައި ވެސް މިފަދަ ބަދަލުތައް ގެނެވިފައިވާނެ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް، ކޮމެޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތަައް އަންނަމުން ދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމެޓީ ތަކުން މެމްބަރުން އެއްކޮމެޓީން އަނެއް ކޮމެޓީ އަށް ބަދަލު ކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައިއަބަދުވެސް ހިނގާކަމެއް.
ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން…— Ibrahim Falah (@IbrahimFalahR) March 3, 2025
އަޒާން، މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ބާރުގަދަ ދެ ކޮމިޓީން ވަކިކޮށް މަޖިލިހުގެ އެހެން ދެ ކޮމިޓީއަކަށް ބަދަލު ކުރަން މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ގިނަ މެމްބަރުން ކުރިން ގޮވާލެއްވިއެވެ. އަޒާން އާއި ޕީއެންސީގެ މެމްބަރުންނާ ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. އަޒާން އާ މެދުގައި މި ފިޔަވަޅު އެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އަޒާން ވަނީ އެ ބިލާ ގުޅޭ ގޮތުން ނެގި ދެ ވޯޓެއްގައި ވެސް ބައިވެރިވެވަޑައިނުގެން ތްރީލައިން ވިޕާ ހިލާފުވެވަޑައިގެންފައެވެ.
ގިނަ ބަޔަކަށް ސަމާލުކަން ލިބުނީ ބިލް ފާސްކުރަން ވޯޓަށް އެހި ގަޑީގައި އަޒާން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމުންނެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކުރީ ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. މި ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
