
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން، މަޖިލިހުގެ ބާރުގަދަ ދެ ކޮމިޓީއަކުން ވަކިކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީއަށް ބަދަލު ގެންނަން ޕީއެންސީން ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އަޒާން އެ ކޮމިޓީން ވަކިކުރުމަށް ފަހު، ހަމަޖައްސާފައިވަނީ އިމްތިޔާޒާއި ސްލޫކު ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީއަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާންއެވެ. އަދި 241 ކޮމިޓީއަށް އައްޔަން ކުރީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
މިކަމާ ގުޅިގެން “ވަގުތު” އިން ސުވާލު ކުރުމުން އަޒާން ވިދާޅުވީ މި ވަގުތު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އަޒާން، މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ބާރުގަދަ ދެ ކޮމިޓީން ވަކިކޮށް މަޖިލިހުގެ އެހެން ދެ ކޮމިޓީއަކަށް ބަދަލު ކުރަން މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ގިނަ މެމްބަރުން ކުރިން ގޮވާލެއްވިއެވެ. އަޒާން އާއި ޕީއެންސީގެ މެމްބަރުންނާ ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. އަޒާން އާ މެދުގައި މި ފިޔަވަޅު އެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އަޒާން ވަނީ އެ ބިލާ ގުޅޭ ގޮތުން ނެގި ދެ ވޯޓެއްގައި ވެސް ބައިވެރިވެވަޑައިނުގެން ތްރީލައިން ވިޕާ ހިލާފުވެވަޑައިގެންފައެވެ.
ގިނަ ބަޔަކަށް ސަމާލުކަން ލިބުނީ ބިލް ފާސްކުރަން ވޯޓަށް އެހި ގަޑީގައި އަޒާން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމުންނެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކުރީ ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. މި ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.
އެ ބިލު ބަލައިގަންނަން ވޯޓު ނުދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީން ބުނެފައި އޮއްވާ, އަޒާން ވަނީ ޕާޓީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައެވެ. މި ގްރޫޕުގައި ރައީސް ޑރ. މުއިއްޒު ވެސް އިންނަވައެވެ. އެކަމާ ގުޅިގެން އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރެއްވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށްވާތީ ކަމަށެވެ. އެ ބިލާ ދެކޮޅުވި ކަމުގައި ވިޔަސް، ސަރުކާރާ އެކީގައި ދެމިހުންނެވި ކަމަށާއި ދާއިރާއަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
