
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރައްވާނެކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި ރޯދަމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި އެކަން ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިޢުލާން ކުރައްވާފައެވެ.
ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މިދިޔަ އަހަރުން ފެށިގެން އެކިއެކި އިނާޔަތްތައް ރައްޔިތުންނަށް ހަމަޖައްސައިދެއްވަމުންނެވެ. އެގޮތުން ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަކީ މިގޮތުން ކުރައްވާ އެއް މަސައްކަތެވެ. މިއަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ 130 މިލިއަން ރުފިޔާ އެކަމަށް ޚަރަދު ކުރައްވާފައެެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ ރަމަޟާން މަހަކީ ޢާންމު މަސްތަކަށްވުރެ ކުރާ ޚަރަދުތައް އިތުރުވާ މަހަކަށްވުމުން، ރައްޔިތުންގެ އަތުން ހިންގާ ޚަރަދުތައް ކުޑަކުރެެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އެގޮތުން ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް އެ މަޤުޞަދަށްޓަކައިކަން ޑރ. މުއާވިޔަތު ފާހަގަކުރެއްވިއެވެ.
ޑރ. މުއާވިޔަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކަރަންޓާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދެއްވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވާނެކަމަށެވެ. އެގޮތުން މިއަހަރު މިކަމަށް 160 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރައްވާނެކަމަށް ޑރ. މުއާވިޔަތު ވިދާޅުވިއެވެ. “ކުރީގެ މަސްތަކަށް ބަަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑު ވާ ނަމަ އެ ބޮޑުވާ ބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދޭނެ. ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުންވެސް މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ.” ޑރ. މުއާވިޔަތު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް ކަރަންޓު ޚަރަދު ބޮޑު އާލަތްތައް ބޭނުންކުރާ މިންވަރު އިތުރުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު ނިމުމެއް އަންނާނެކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
“ރޯދަ މަހުގައި ގޭތެރޭގައި ހޭދަކުރާ ވަގުތު އިތުރުވޭ. ކޮމްފޯޓް ޒޯނެއްގައި ތިބުމަށްޓަކައި އޭސީ ބޭނުންކުރެވޭ. މިކަންކަމުގެ ސަބަބުން އަތުވެދާނެ ތަކުލީފަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ރަމަޟާން މަހު ބޭނުންކުރާ ކަރަންޓަށް ޑިސްކައުންޓެއް ދިނުމަށް ނިންމާފައި އެ ވަނީ.” އަޙްމަދު ޢަލީ ވިދާޅުވިއެވެ.
ރޯދައާ ދިމާކޮށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމެވުމުގެ އިތުރުން ރައްޔިތުންކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއްވެސް ހަދިޔާކުރައްވާފައެވެ. އަދި ސަރުކާރުން ގެންދަވަނީ ކާބޯތަކެތީގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މީގެއިތުރުން އާއިލާއާއި އަޅުކަމަށް ވަގުތު ޚާއްސަކޮށްދެއްވުމުގެ ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ސަރުކާރުން ދެއްވާފައިވާ ހަދިޔާތަކާއި އިނާޔަތްތަކާއެކު ރަމަޟާން މަހާއި ދިވެހިން މިހާރު ބައްދަލުކުރަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
