
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ފާހަގަކުރައްވާ ހެޔޮގޮތުގައި މުދަލުން ހޭދަކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި ބާއްވަމުން އަންނަ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މިއަހަރުގެ ފޯރަމް ފެށްޓެވުމުގެ ގޮތުން ތަޤްރީރު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަޙީމެވެ. 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ އެންމެ ފުރަތަމަ އިޙްޔާ ފޯރާމް ޚާއްސަކޮށްފައިވަނީ “ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން” މި މަޢުޟޫއަށެވެ.
ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުންނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވާ ވަޒީރު ވަނީ މި މަޢުޟޫއަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހެޔޮގޮތުގައި މުދާ ހޭދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ފާހަގަކުރައްވާފައެވެ. އަދި ހެޔޮގޮތުގައި މުދަލުން ހޭދަކުރުމަށް ވަޒީރު ގޮވާލެއްވެވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ވަޒީރު ޑރ. ޝަހީމް ވަނީ މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުވާފައިވާކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ މުދާ ހެޔޮގޮތުގައި ބޭނުންކުރާއިރު އެންމެ އިސްކަންދޭންޖެހޭ ބަޔަކީ މައިންބަފައިންކަން ފާހަގަކުރައްވާފައެވެ.
“އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި އަމާނާތް އަޅުގަނޑުމެން ހޭދަކުރަންވީ ގޮތް ﷲ ސުބްޙާނަހޫ ވަތަޢާލާ މި އުނގަންނަވައިދެއްވަނީ. އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް ﷲ ބަޔާންކޮށްދެއްވަނީ. ތިޔަބައިމީހުންގެ ކިބައިގައިވާ ތަނަވަސްކަން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ބަޔަކީ ތިޔަބައިމީހުންގެ މައިންބަފައިނޭ.” ކީރިތި ޤުރުއާނުގެ އަލީގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވަނީ ޤައުމަށް އައިސްތިބި ބިދޭސީންނަށްވެސް އިހްސާންތެރިވުމަށާއި ހެޔޮފޯރުކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވާ އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަން ފާހަގަކުރައްވާފައެވެ. އަދި މުދަލު ޒަކާތާއި ފިޠުރު ޒަކާތް ދެއްކުމުގެ މުހިންމުކަމާއި އެކަންކަން ތަފްޞީލްކޮށްދެއްވާފައެވެ. “މުދަލުގައި ވާ އެންމެ ބޮޑު ޙައްޤަކީ ﷲގެ ޙައްޤު. މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން.” ވަޒީރު ޑރ. ޝަޙީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ހާލަލު ގޮތުގައި މުދާ ހޯދުމަށް މާތް ﷲ ބާރު އަޅުއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޙަރާމް ގޮތުގައި މުދާ ކެއުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަމަށެވެ. މިގޮތުން ރިޝްވަތަކީ ޙަރާން ކުރައްވާފައިވާކަމެއްކަމަށާއި ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާގެ މެދުވެރިއަކަށް ވާ މީހާއަކީވެސް މާތް ﷲ ލަޢުނަތްލައްވާފައިވާ މީހެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޙަރާން މުދާ ކެއުމުގެ ސަބަބުން މާތް ﷲ އެމީހަކު ދަންނަވާ ދުޢާ އިޖާބަ ނުކުރައްވާނެކަންވެސް ވަޒީރުގެ ތަޤުރީރުގައި ހަނދާންކޮށްދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
