
(ފޮޓޯ ކްރެޑިޓްސް: ރޮއިޓަރސް)
ފްރެންޗް ލީގުގައި ލިލްއާ ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއަކުން މޮޅުވި މެޗަކީ ޕީއެސްޖީއަށް ކުރިމަތިވި އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ. ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފައެވެ. މިއީ އެ ޓީމު ކުޅުނު ހުރިހާ މުބާރާތަކުން ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ. ފްރާންސްގެ ގަދަ ބާރެއް ކަމަށްވާ ޕީއެސްޖީން އެންމެ ފަހުން މެޗެއްގައި ބަލިވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗަށްފަހު ޕިއެސްޖީން އަންނަނީ ވަރުގަދަ ކުޅުމެއް ދައްކައި ފުލުފުލުގައި މެޗުތައް ކާމިޔާބު ކުރަމުންނެވެ.
އެންރީކޭ ބުނީ މިހާރު ހުރިހާ ފޯކަސްއެއް ހުރީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ތާވަލުކޮށްފައިވާ ދެ މެޗަށް ކަމަށާއި، އަދި މިހާރު އެންމެ ބޮޑު އިސްކަމެއްދޭނީ އަމާޒަށް ވާސިލުވުމަށްޓަކައި ކުޅުންތެރިން މެޗަށް ފިޓުކުރުމަށް ކަމަށެވެ. “ލިވަޕޫލަކީ މިވަގުތު ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމު. އެއީ ނަތީޖާ ނެރޭ ޓީމެއް. އަނެއްކޮޅުން ޔޫރަޕުގެ އެންމެ ފޯމުގައި އޮތް ޓީމަކީވެސް އެއީ. ފަހަރެއްގައި ޗެމްޕިއަންސް ލީގު ނަގާނެ ޓީމަކީ އެއީ ކަމަށްވެސް ވެދާނެ. މި މެޗުން މޮޅުވާން ބޭނުންނަމަ އަހަރެމެން ޖެހޭނީ ކަށިން ހިތްވަރުނެރެން” ކުރިއަށް އޮތް މެޗާ ގުޅޭގޮތުން އެންރީކޭ ބުންޏެވެ.
އެކަމަކު އެ މެޗަށްޓަކައި ޓީމަށާއި ކުޅުމަށް މާ ބޮޑު ބަދަލުތަކެއް ނުގެންނާނެ ކަމަށާއި، ނަމަވެސް ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް އެންރީކޭ ބުންޏެވެ. އަދި ލިލްއާ އެކު ކުޅެވުނު މެޗަކީ ލިވަޕޫލާ ބައްދަލުކުރުމުގެ ކުރިން ހެދުނު އިމްތިހާނެއް ކަމަށްވެސް ވަނީ ބުނެފައެވެ. ސަބަބަކީ ލިވަޕޫލާއި ލިލްއަކީ ކުޅުމުގެ ވައްޓަފާޅި ދާދި އެއްގޮތް ދެ ޓީމަށް ވެފައި، ޕީއެސްޖީން ދެއްކި ކުޅުމާ ހެދި ލިލްއަށް ޕްރެޝަރުތައް ކުރިމަތިވެ އަސްލު ކުޅުން ދެއްކިފައިނުވާތީ ކަމަށްވެސް އެންރީކޭ ބުންޏެވެ.
“ތަފާތު މެޗަކަށް ވެގެންދާނެ. ޔަގީނުންވެސް ފަސޭހަ މެޗަކަށް ނުވާނެ. އެކަމަކު އަހަރުމެން މިތިބީ މި ސީޒަނުގެ އެންމެ ރަނގަޅު ހިސާބުގައި. އަހަރުމެން މިހާރު ތައްޔާރުވަމުން މިދަނީ ޔޫރަޕުގެ އެންމެ މޮޅު ޓީމާއި ވާދަކުރަން” ލިވަޕޫލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗާ ގުޅޭގޮތުން އެންރީކޭ ބުންޏެވެ. ލިވަޕޫލާއި ޕީއެސްޖީން މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުތައް ކޮންމެ ޓީމަކުންވެސް އެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
