
އައްޑޫ ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ. އެ އިއުލާނުގައި ބުނީ ބްރިޖު މަޝްރޫއުގެ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރު ކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފާމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކޮށްފައިވާ އެ އިއުލާނުގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އީއައިއޯ ހުށަހެޅޭނީ މި މަހުގެ 24 ވަނަ ދުވަހުގެ 1:00 ގެ ކުރިންނެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެބައެއްގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އެ މަސައްކަތަށް ބަޔަކު ނަގަނީ އެކަމަށް އެދި ހުށަހަޅާ އެންމެންގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި ސޮއިކުރީ ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަ އެވެ. ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ހަވާލުކުރީ “ދަ އަރަބް ކޮންޓްރެކްޓާސް – އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ” އެވެ. އެ ސާވޭގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ކުރިން ވިދާޅުވި އެވެ. އެ މަޝްރޫއުއާ ގުޅިގެން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހެނީސް އެހެން ބަޔަކާ ހަވާލު ކޮށްގެން ކުރިޔަށް ނުގެންދާނެ ކަމަށެވެ. އަދި ފައިސާ ހަމަޖެހުމުން ވަރަށް އަވަހަށް މަޝްރޫއު ކުރިޔަށް ގެންދަން ގަސްދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބްރިޖަކީ ރާއްޖޭގައި ކަނޑުގައި ގާއިމުކުރެވޭ އެންމެ ދިގު އެއް ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނުގައި 13-15 ކިލޯ މީޓަރު ހުންނާނެ އެވެ. ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. އަދި މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
