
(ފޮޓޯ ކްރެޑިޓްސް: އޭއެްފްޕީ)
ޔުކްރެއިނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން ބޭނުންވާ ނަމަ ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޮލްޒް ވާހަކަ ދައްކަވައިފި އެވެ. “ބޭނުންވަނީ އަހަރެމެންނާއި ރަޝިޔާއާ އެކު ވެސް ވާހަކަ ދައްކައި މި ހަނގުރާ ނިމުމަކަށް ގެނެވޭނެ ވެރިއެއް,” ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވޮލްޒް ވިދާޅުވި އެވެ. “ހަނގުރާމަ ހުއްޓުމުގެ މަގާ ދުރަށް ދަނީ ރައީސް ޒެލެންސްކީގެ އަމިއްލަ ނުވަތަ ސިޔާސީ މަގުސަދެއްގައި ނަމަ ހަމަ ހަގީގަތުގައި ވެސް މިއީ ވަރަށް ބޮޑު މައްސަލައެއް.”
އޭނާ މިހެން ވާހަކަ ދައްކަވާފައި މި ވަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި ރަޝިޔާއަށް ބައެއް ކަންކަމުގައި ދޫ ދިނުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޒެލެންސްކީ ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކަށް ފަހު މީޑިއާ ކުރިމަތީ ހުތުރު ޒުވާބަކުން ނިމި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މި ހިނގި ޒުވާބަށް ފަހު ޔޫރަޕްގެ ގައުމުތަކުގެ ވެރިން ގެންދަނީ ޒެލެންސްކީއަށް ތާއީދުކޮށް ޔުކްރެއިނަށް އެހީވުމުގައި މަސައްކަތް ކުރަމުންނެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް, ރިޕަބްލިކަން ޕާޓީގެ މައިކް ޖޯންސަންސް ވެސް ވަނީ ޒެލެންސްކީ ގޮތް ދޫކޮށް އަލުން މަޝްވަރާއަށް އައުމަށް ނުވަތަ އެކަން ކުރެވޭނެ މީހަކަށް ފުރުސަތު ދިނުމަށް ގޮވާލައްވައިފަ އެވެ.
“ގޮތެއް ނިންމުން އޮތީ ޔުކްރެއިން ރައްޔިތުންގެ އަތްމަތީގައި. އެކަމަކު ޒެލެންސްކީ މިކަމުގައި ކުރަން ކޮންމެހެން ޖެހޭ ކަންކަން ކުރަން އެބަ ޖެހޭ,” އޭނާ ވިދާޅުވި އެވެ. ޓްރަމްޕާއި ޒެލެންސްކީގެ ޒުވާބުގައި ޓްރަމްޕް ވަނީ ޒެލެންސްކީ ގޮތް ދޫނުކޮށް ހުންނަން ބޭނުން ނަމަ ހުންނަންވީ ކަމަށާއި އެކަމުން ޔުކްރެއިނަށް ވާނެ މޮޅެއް ނެތް ކަމަށެވެ. ޒެލެންސްކީ އަކީ ޝުކުރުވެރިނުވާ ބޭފުޅެއް ކަމަށާއި މީޑިއާ ކުރިމަތީ އެމެރިކާ ސަރުކާރަށް ކުޑައިމީސްކޮށް މުޅި އެމެރިކާއަށް އިހުތިރާމު ކުޑަކޮށްފި ކަމަށް ވެސް ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
