
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބ.ކުޑަރިކިލަށް ވާރޭވެހި ބައެއް މަގުތަކާއި ގެތަކުގައި ކަކުލާ ހަމައަށް ފެންގަނޑު ބޮޑުވެއްޖެއެވެ. ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް “ވަގުތަށް” ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން ކުރި ވިއްސާރާގައި ގިނަ ގެތަކަކަށް ފެން ވަދެ ހިފައި ގެންގުޅޭ ހުރިހާ ސާމާނަކަށް ގެއްލުންވެފައިވާ ކަމަށެވެ. މިގޮތުން ރަށުގައި 9 ގެއަކަށް ފެންވަދެފައިވާއިރު، ރަށުގެ އަޑި ދިމާލުގައި ހުރި ގެތަކަށް ވަރަށް ބޮޑަށް ފެންގަނޑު ވަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުލްހަންނާން ވިދާޅުވި ގޮތުގައި ރަށުގެ ސްކޫލަށް ވެސް ވަނީ ފެން ވަދެފައެވެ. މިކަމުގެ ސަބަބުން ސުކޫލަށް ވަނީ ވަރަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޫލަށް ލިބުނު އެއް ގެއްލުމުގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ސްކޫލްގެ އާ ކޮމްޕިއުޓަރު ސިސްޓަމްތަކަށްވީ ގެއްލުމެވެ. އަދި ގުރޭޑް 10 ކުލާސްރޫމުގައި ހުރި އާ ޕީސީއަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

” އެބައުޅޭ ގާތްގަނޑަކަށް 9 ގެ ފެން ވަދެ، ސުކޫލަށް ވަދެފަ ސުކޫލު އިމާރާތްތަކަށް ވަދެފަ. ދެން ސުކޫލަށް ވަރަށް ބޮޑެތި ގެއްލުންތައްވެފައި.” އަބްދުލްހަންނާން ވިދާޅުފައިވެއެވެ.
ރަށުގެ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ރަށު ކައުންސިލާއި ފެނަކަ ގުޅިގެންނެވެ. ފެން ހިއްކުމުގެ މަސައްކަތަށް ރަށުގެ އެންމެހާ ރަށްޔިތުން އެއްބާރުލުންދެއެވެ. އަދި މިހާރު ފެން ޕަންޕު ޖައްސައިގެން ވަރަށް ބޮޑު ބައި ހިންދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަންނާނު ވިދާޅުވިގޮތުގައި މިހާރު ކުރިން ފެން ވަދެފައިވާ ގެތަކުގައި އިތުރަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިގޯނި ޖަހާފައިވެއެވެ. އަދި މީގެ އިތުރުން އެހެން ގެތަކުގައި ވެސް ވެލިގޯނި ޖަހާފައިވެއެވެ. ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލެ އާއި މާލެ ކައިރި ބައެއް ރަށްރަށުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
