
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
އދ. ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައި 44 މީހުންނާއި ހަތަރު ކުއްޖަކު ކަނޑުވެފައި ތިއްބާ މިއަދު ސަލާމަތްކޮށްފިއެވެ. ފުލުހުން ވިދާޅުވީ މާލެ ދަތުރުކުރި “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:57 ގައި ކަމަށެވެ. މި ލޯންޗުގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ހާއްސަ އޮޕަރޭޝަނެއް ފަށައި ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ހަތަރު ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ދިޔައިރު، ލޯންޗުގައި ތިބި އެންމެން ތިބީ ކަނޑުވެފައެވެ. އެމީހުން ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ. ކަނޑުވި މީހުންގެ ތެރޭގައި ދިވެހިންނާއި ފަތުރުވެރިން ވެސް ހިމެނެއެވެ. ސަލާމަތް ކުރި އެންމެން ވެސް މިހާރު ވަނީ ދިގުރަށަށް ގެންގޮސްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
މި އެންމެންގެ ވެސް ސިއްހީ ހާލު ރަނގަޅެވެ. މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި އަވަސް ފިޔަވަޅުތަކެއް އަޅައި، ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވި އެންމެންނަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
