
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިހާ ޖެހެންދެން މެދުނުކެނޑި ވެހުނު ބޯ ވާރޭގެ ސަބަބުން، މާލޭގެ މައި ހޮސްޕިޓަލްތަކުގެ އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) މިއަދަށް ބަންދުކޮށްފިއެވެ. އައިޖީއެމްއެޗުން ވިދާޅުވެފައިވަނީ އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތްތައް މިއަދަށް ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ހަތަރު ހޮސްޕިޓަލުގައިވެސް އިންޕޭޝަންޓް ޑިޕާޓްމަންޓް (އައިޕީޑީ) ގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެއެވެ.
މި ނިންމުން ނިންމާފައިވަނީ ހޮސްޕިޓަލްތައް ހުންނަ ސަރަހައްދުތަކުގައި ފެންބޮޑުވެ، ބަލިމީހުންނަށް ހޮސްޕިޓަލްތަކަށް ދަތުރުކުރުމަށް ދަތިވެފައިވާތީއެވެ. ހާއްސަކޮށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ ސަރަހައްދަކީ މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުގައި ކަމަށްވުމާއެކު، އިއްޔެ އާއި ރޭގެ ވިއްސާރައިގައި މި ސަރަހައްދުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ.
މި ދަނޑިވަޅުގައި، ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މޫސުން ގޯސްވެ، އެކި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ.
މި ފިޔަވަޅުތަކަކީ މޫސުމީ ނުރައްކަލާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
