
އެމެރިކާގެ ރައީސްގެ އޮފީސް، އޯވަލް އޮފީހުގައި ޔޫޫކްރެއިންގެ ރައީީސް ވޮލޮޑްމިއާ ޒެލެންސްކީީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ބޭއްވި މަޝްވަރާ ބައްދަލުވުން ހޫނު ޒުވާބަކަށް ބަދަލުވުން އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުންތަކަށް ހުރަސްއެޅިއްޖެއެވެ. އެމެރިކާއަށް ޔޫކްރެއިންގެ މުހިންމު މައުދަންތައް މައިންކުރުމުުގެ ފުރުސަތު ލިބޭ ގޮތަށް ރަޝިއާއެކު ސުލްހައިގެ އެއްބަސްވުމެއް ހަދަން ޓްރަމްޕް ކުރަމުން އައި މަސައްކަތް، އިއްޔެ އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމުގައިި ހިނގި ޒުވާބަށް ފަހު ވަނީ ވަރަށް ބޮޮޑަށް މަޑުޖެހިފައެވެ. ދެ ރައީސުން ގުޅިގެން ފަހުން ބާއްވަން ހަމަޖެހިފައި އޮތް ޕްރެސް ކޮންފަރެންސް ވެސް ނުބާއްވަން ނިންމިއެވެ.
އެ ބައްދަލުވުމުގެ ތެރެއިން ޒެލެންސްކީ ވަނީ ޓްރަމްޕް ރާވަމުންދާ ގޮތުން ދެމެހެއްޓެނިވި ސުލްހައެއް ލިބޭނެ ކަމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކައިފައެވެ. އަދި އެމެރިކާ ބޮޑު ކަނޑެއްގެ ހިމާޔަތުގައި އޮތަސް ރަޝިއާގެ ނުރައްކާ ޔޫރަޕަށް ކުރިމަތިވަމުންދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެ ވާހަކަތަކަށް ރައްދު ދެމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ޔޫކްރެއިނަށް އެމެރިކާއިން ބޮޑު އެހީތެރިކަމެއް ދީފައިިވާއިރު، ޒެލެންސްކީ އެންމެ ފަހަރަކު ވެސް އެމެރިކާއަށް ޝުކުުރުއާދަކޮށްފައިނުވާކަން ފާހަގަކޮށްފައެވެ.
އިނގިރޭސި ބަހުން އެހާ ފަރިތަކަމާއެކު ވާހަކަ ނުދެއްކޭ ޒެލެންސްކީ ރައްދު ދޭން މަސައްކަތް ކުރުމުން ޓްރަމްޕް ވަނީ އޭނާއަށް ހުރަސް އަޅައި ޒެލެންސްކީީ “”ތިން ވަނަ ބޮޑު ހަނގުރާމައިން ޖުވާ ކުޅެމުންދާ” ކަމަށް ސިފަކޮށްފައެވެ. އެ ބައްދަލުވުމަށް ސޫޓެއް ނުލައި، ޔޫކްރެއިނުގެ ނިޝާން ޖަހާފައި ހުރި ޓީޝާޓެއް ލައިގެން ދިޔުމުން އެއީ ވެސް އެމެރިކާއަށް އިހުތިރާމް ކުޑަކުރުން ކަމަށް ބުނެ ޒެލެންސްކީއަށް ދަނީ ފާޑުކިޔަމުންނެވެ. އޯޯވަލް އޮފީހުގައި އޮތް އެ ބައްދަލުވުމުގެ ތެރެއިން ރިއަލް އެމެރިކާސް ވޮއިސް ނަމަކަށް ކިޔާ ކަނާއަތު ފިޔައިގެ ފިކުރުގެ ޓީވީއެއްގެ ކޮމެންޓޭޓަރެއް ކަމަށްވާ ބްރަޔަން ގްލެން ވަނީ ޒެލެންސްކީ ސޫޓެއް ގެންގުުޅެންތޯ ސުވާލުކޮށްފައެވެ. ރައްދު ދެމުން ޒެލެންސްކީ ބުނެފައިވަނީ އޭނާ “ކޮސްޓިއުމް” ލާނީ ހަނގުރާމަ ނިމުމުން ކަމަށެވެ.
ބައްދަލުވުމަށްފަހު ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެމެރިކާގެ ރައްޔިތުން ގަދަރުކުރާ އޯޯވަލް އޮޮފީހަށް ޒެލެންސްކީ އިހުތިރާމް ކުޑަކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ދެން އެނބުރި އާދެވޭނީ ސުލްހަ އިހްތިޔާރުކުރުމުން ކަމަށް ޓްރަމްޕް ބުންޏެވެ. އެ ބައްދަލުވުން ބާއްވަން ނިންމީ ދެ ގައުމުގެ އެއްބައިވަންތަކަން ދައްކައި، އެމެރިކާގެ އަސްކަރީ އެހީގެ ބަދަލުގައި މުސްތަގުބަލުގައިި އެމެރިކާއަށް ޔޫކްރެެއިންގެ މައުދަންތައް ލިބޭ ގޮތަށް އެކުލަވާލާ އެއްބަސްވުމާ ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
