
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެސްޓީއޯއިން ހަދަމުންދާ ޓޫރިސްޓް ހޮޓެލް ސައިޓުން މި ރޯދަ މަހު ހޯލްސޭލްކޮށް މުދާ ދޫކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިމާދް ވިދާޅުވީ އެސްޓީއޯއިން ކާޑުގެ ބާވަތްތައް ފިޔަވާ އެހެނިހެން ބާވަތްތައް ސީދާ މާކެޓަކަށް ނުނެރޭ ކަމަށެވެ. އަމިއްލަ ކުންފުނިތަކާއި ވަރަށް ބޮޑަށް ގުޅިގެން ތަކެތި ލިބޭނެ ގޮތް ހެދުމާއި އަގުތައް ހިފަހައްޓަމުންދާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން ގެންނަ ހުރިހާ ޕްރޮޑަކްޓްތަކެއް، ހާއްސަކޮށް ކާށި ވިޔަސް ތަކުރާރީ މޭވާގެ ބާވަތްތަކުގެ ބޮޑުބައި އިމްޕޯޓްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
” ތަކެތީގެ އެވޭލަބިލީޓައް ބަލާއިރު އަޅުގަނޑުމެންގެ ޕްރެޒެންސް އެބަހުރި 11 ރަށެއްގައި ދެން މާލެ ހުރީ އެސްޓީއޯ ސުޕާ މާކެޓް އޭގެ އިތުރުން އިންޑަސްޑްރިއަލް ސަރަހައްދުގައި ހުންނަ ފިހާރައަކުން ހޯލް ސޭލް ކުރަން، ބޮޑަށް މި ބަލަނީ ހުޅުމާލެގައި ހުންނަ ފިހާރަތަކާއި ގުޅިގެން ރައްޔިޔުންނަށް މުދާ ފޯރުކޮށްދެވޭތޯ. މި ރޯދަ މަހު ރިއުއެސްޓަކާއި ގުޅިގެން އެސްޓީއޯއިން ހަދަމުންދާ ހޮޓެލް ސައިޓްގައި ހޯލްސޭލްކޮށް މުދާ ދޫކުރަމުން ދަނީ.” ޝިމާދު ވިދާޅުވިއެވެ.
ޝިމާދް ވިދާޅުވީ ބައެއް މުދާތަކަކީ ހޯލް ސޭލްކޮށް ދޫނުކުރާ މުދާތައް ކަމަށެވެ. މިސާލަކަށް ވިދާޅުވީ ކާށީގެ ވާހަކައެވެ. ޑިމާންޑް އޮތް މިންވަރަށާއި އަދި އަގު ކޮންޓްރޯލްކުރުމަށްޓަކައި ގަސްދުކުރަނީ ކާށި ރީޓެއިލް ކުރަން ކަމަށް ވިދާޅުވިއެވެ. އަދި ފިޔާ އަލުވި ބިސް ހޯލްސޭލްކޮށް ވިއްކާނެ ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
