
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރަމަޟާން މަސް ނިމުމާއެކު ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރަން ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ. ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ފުރަތަމަ ސްމާޓް މީޓަރުތައް ހަރުކުރަން ނިންމާފައިވަނީ ހުޅުމާލޭގައި ކަމަށެވެ.
“އަޅުގަނޑުމެން މި މަޝްރޫޢު ފަށަނީ ހުޅުމާލެއިން. އޭގެ ފަހުން މާލެ އަދި ވިލިމާލެއަށް ވެސް މި ޚިދުމަތް ތަޢާރަފުކުރާނަން. މިއީ ވަރަށް މުހިންމު ފިޔަވަޅެއް، ކަރަންޓުގެ ޚިދުމަތް އިތުރަށް ޒަމާނީކުރުމަށް,” ނާޝިދު ވިދާޅުވިއެވެ. ސްމާޓް މީޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން އެއްފަހަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެމީހުންގެ ކަރަންޓު ބޭނުންކުރާ މިންވަރު ބަލައި، ޚަރަދު ކުޑަކުރުމަށް މަގުފަހިވެގެންދާނެ އެވެ.
ކަރަންޓުގެ ޚިދުމަތް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން މިދިޔަ އަހަރު ސްމާޓް މީޓަރާާއި ގުޅޭ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕްރޮޖެކްޓްގެ ނަތީޖާއަށް ބިނާކޮށް، މިހާރު ތައްޔާރުވަނީ ރަސްމީކޮށް ސްމާޓް މީޓަރު ތައާރަފު ކުރުމަށެވެ. ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް މިދިޔަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ތިން އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ސްމާޓް ކަރަންޓް މީޓަރު ތަޢާރަފު ކުރެވޭނެއެވެ.
ސްޓެލްކޯއިން އިތުރަށް ވިދާޅުވީ، ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ގޭބިސީތަކަށް ދަތިނުވާނެ ގޮތަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
