
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ރަމަޟާން މަހަކީ މިހާތަނަށް އެންމެ ގިނަ ދިވެހި ޒުވާން ހާފިޒުން އިމާމުވެ ނަމާދު ކުރާނެ ރޯދަ މަސް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ޓީވީއެމުން ގެނެސްދިން “ރޯދައަށް ތައްޔާރުވުން” މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން ވިދާޅުވީ މި ސަރުކާރުން ރަމަޟާން މަހަށް ހާއްސަކޮށް ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު ވެގެންދާނީ އެންމެ ގިނަ ދިވެހި ޒުވާނުން އިމާމުވެ ނަމާދު ކުރާނެ ރޯދަ މަހަށް ކަމަށެވެ.
“އެންމެ ގިނަ އަދަދަކަށް ޒުވާން ދިވެހި ހާފިޒުން އިމާމުވެ ނަމާދު އަދި ތަރާވީސް ކުރާ ރަމަޟާން މަހުގެ ގޮތުގައި މިއަހަރު ވެގެން މިދަނީ.” ސަރުކާރުން ވިދާޅުވިއެވެ. ސަރުކާރުން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނީ ކަންކަމަށް ވަރަށް އިސްކަން ދެއްވާ ކަމަށާއި ހާއްސަކޮށް ޒުވާން ހާފިޒުން އުފެއްދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. ރައްޔިތުންނަށް ލުއި ފަސޭހަގޮތް ހެދުމަށްޓަކައި މި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް ފާހަގަކުރައްވަމުން އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައިދު ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް ސަރުކާރުން މަސްދަޅު ކޭސް ފޯރުކޮށްދެމުންދާ ކަމަށާއި ތަކެތީގެ އަގުތައްވެސް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މި ރޯދަ މަހު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެެ.
މި ރޯދަ މަހު އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފާއި، އަލްހާފިޒް އުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން އިމާދުގެ އިތުރުން އައްޝައިހު އަލްހާފިޒް ސުލްތާން މުހައްމަދު ލަތީފު ތަރާވީހް ނަމާދު ކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެ ވުޒާރާއިން ވިދާޅުވީ، ސުލްތާން މުހައްމަދު ލަތީފް ގުޅިވަޑައިގަންނަވާނީ ފަހު ދިހައިގައެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފާއި އައްޝައިހު އަލްހާފިޒު ސުލްތާން މުހައްމަދު ލަތީފެވެ.
މީގެ ތެރޭގައި އުވައިސްއަކީ އުމުރުން 16 އަހަރުގައި ގުރުއާން ހިތުދަސް ކުރި ކުއްޖެކެވެ. އޭނާއަށް މި އަހަރު 17 އަހަރު ފުރޭނެއެވެ. އަދި ޚިޟްރަކީ އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސް ކުރި ކުއްޖެކެވެ. އޭނާއަށް މި އަހަރު 18 ފުރޭނެއެވެ
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
