
އޮންލައިން ފިތުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށް ރާއްޖޭގެ ޒަކާތު ހައުސް އިން ވިދާޅުވެއްޖެއެވެ. ރޯދަމަހުގެ ތެރޭގައި އޮންލައިންކޮށާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ ކައުންޓަރުން.ވެސް ޒަކާތް ބަލައިގަންނާނެއެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ. ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.
އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ:
- ދިރާގުން ދިރާގު މޮބަިއލް އެޕް އަދި ދިރާގު ޕޭ މެދުވެރިކޮށް
- އުރީދޫން އެމްފައިސާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް
- މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިސާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް
- ބޭންކް އޮފް މޯލްޑިވްސްއިން އެ ބެންކުގެ ވެބްސައިޓުގެ ޕޯޓަލް މެދުވެރިކޮށް
- ފަހިޕޭއިން ފަހިޕޭ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި
- މިނިސްޓްރީ އޮފް ފިނޭންސުން ބަނޑޭރި ޕޭ މެދުވެރިކޮށް
ޒަކާތް ހައުސިންއިން ވިދާޅުވެފައިވަނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް އެ ވުޒާރާގެ ހޯލަށް ގޮސް ޒަކާތް ދެއްކުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އެގޮތުން އެ ވުޒާރާގެ ކައުންޓަރުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 09:30 އިން 01:30 އަށެވެ. އަދި 23 މާޗުން 30 މާޗަށް ހަމައަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 11:00 އިން 14:00 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:
- އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 62 ރުފިޔާ
- ރަތް ހަނޑުލުންނަމަ 86 ރުފިޔާ
- ބަސްމަތީ އާދައިގެ ހަނޑުލުންނަމަ 74 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑުލުންނަމަ 100 ރުފިޔާ
- ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 133 ރުފިޔާ
- އާދައިގެ ފުށުންނަމަ 10 ރުފިޔާ އަދި
- އާޓާ ފުށުންނަމަ 75 ރުފިޔާ
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
